ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް އަތޮޅުކައުންސިލާއި ބައްދަލުކުރުން

February 5, 2020

0

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް އަތޮޅުކައުންސިލާއި ބައްދަލުކުރުން

މިއަތޮޅުގައި ގަވައިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ކަންކަން ބަލާ ބިދޭސީންގެ ދަފްތަރު ފުރިހަމަ ކުރުމާއިބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް ވިލިނގިއްޔަށް ވަޑައިގެން އަތޮޅުކައުންސިލާއި 4 ފެބްރުއަރީ 2020 ގައި ބައްދަލުކުރައްވައިފި. މި ބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ފަރާތުން ޑިރެކްޓަރ މުޙައްމަދު ނަޞީރު އަލީ އާއި ، އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ހަސަން ބައިވެރިވެ ވަޑައިގެންނެވި. މި ބައްދަލުވުމުގައި މިއަތޮޅުގައި ގަވައިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ކަންކަން ހައްލުކުރުމަށްޓަކައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައިވޭ.

މިބައްދަލުވުމުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމުގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވި އެ އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ރަޝީދު މޫސާ .