ގއ. އަތޮޅުކައުންސިލުން ގއ. ގެމަނަފުށީ ކައުންސިލާ ބައްދަލުކުރައްވައިފި

February 12, 2020

0

ގއ. އަތޮޅުކައުންސިލުން ގއ. ގެމަނަފުށީ ކައުންސިލާ ބައްދަލުކުރެއްވުން

ގއ. އަތޮޅުކައުންސިލާއި ގއ. ގެމަނަފުށީ ކައުންސިލާއި ގުޅިގެން އަތޮޅުކައުންސިލުން ގެމަނަފުށީގައި ކުރިޔަށް ގެންދާ ފާލަމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވުމާއެކު، ފާލަމުގެ 2ވަނަ ފިޔަވަހީގެ މަސައްކަތް ފެށުމާއި ބެހޭގޮތުން 9 ފެބުރުވަރީ 2020ގައި އަތޮޅުކައުންސިލުން ގެމަނަފުށީ ކައުންސިލާއެކު މަޝްވަރާގެ ބައްދަލުވުމެއް ބާއްވާފައިވޭ. މި ބައްދަލުވުން ބާއްވާފައިވަނީ ގެމަނަފުށީ ކައުންސިލް އިދާރާގެ ހޯލުގައި. މި ބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު އާއި އަތޮޅުކައުންސިލްގެ ނާއިބްރައީސް އަޙުމަދު ނަޒްމީން އާއި އެސިސްޓެންޓް ޑިރެކްޓަރ މުހައްމަދު ޙަސަން ބައިވެރިވެވަޑައިގެންނެވި. އަދި މީގެ އިތުރުން މިބައްދަލުވުމުގައި ގެމަނަފުށީ ކައުންސިލްގެ ރައީސް އަބުދުﷲ ޝިޔާން އާއި، ކައުންސިލަރ ޖާދުﷲ ރަޝީދު އަދި ވަގުތީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޝިޔާމް ބައިވެރިވެވަޑައިގެންފައިވޭ.