ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ގއ.އަތޮޅަށް ވަޑައިގެންފި

February 13, 2020

0

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލު ފަތުހުﷲ ޖަމީލް ރަސްމީ ދަތުރުފުޅެއްގައި 13 ފެބްރުއަރީ 2020ވީ ބުރާސްފަތި ދުވަހު ހެނދުނު 9 ޖެހިއިރު ގއ. ވިލިނގިއްޔަށް ވަޑައިގެންފިއެވެ. މިއީ، ގއ. ވިލިނގިލީގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުއްވައިދެއްވުމަށްޓަކައި ކުރެއްވި ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ކޮމިޝަނަރގެ އަރިހުގައި މީރާގެ ބޯޑްގެ ބައެއް މެމްބަރުންނާއި ޗެއަރމަންގެ އިތުރުން އިދާރީ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ.