މީރާގެ ގއ. ވިލިނގިލީ ކަލެކްޝަން ސެންޓަރު ހުޅުވައިފި

February 13, 2020

0

މީރާގެ ގއ. ވިލިނގިލީ ކަލެކްޝަން ސެންޓަރ 13 ފެބުރުއަރީ 2020 ވީ ބުރާސްފަތި ދުވަހު 9:15 ގައި ގއ. ވިލިނގިލީގައި ހުޅުވުމާގުޅިގެން މިރާއިން ދެމުންގެންދާ ހުރިހާ ޚިދުމަތެއް މިއަދުން ފެށިގެން ގއ.އަތޮޅުން ލިބިގެންދާނެއެވެ. މި ސެންޓަރު ހުޅުއްވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އާއި އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދުއެވެ. މިރަސްމިއްޔާތުގައި ގއ. ވިލިނގިލީގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ. މިއަދު ވިލިނގިލީގައި ހުޅުވިގެން މިދިޔައީ އަތޮޅުތެރޭގައި ހުޅުވުނު މީރާގެ 15ވަނަ ކަލެކްޝަން ސެންޓަރެވެ.