އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ޓޫރިޒަމް ތަރައްޤީކުރުމާ ބެހޭގޮތުން މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަޙީދު އާއި އަތޮޅުކައުންސިލުން ބައްދަލުކޮށް މަޝްވަރާކޮށްފި

February 17, 2020

0

މިއަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށާ ކައިރީގައިވާ ރަށްތަކުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ޓޫރިޒަމް ތަރައްޤީކުރުމާ ބެހޭގޮތުން 17 ފެބްރުއަރީ 2020 ވީ ހޯމަ ދުވަހު (މިއަދުގެ) މެންދުރު 13:30ގައި އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަޙިދުއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މިގޮތުން މިއަތޮޅު ރާވެއްރެހާ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުން މިކޮންސެޕްޓަށް ތަރައްޤީކުރުމާ ބެހޭގޮތުންނާއި އަދި ގއ. މާރެހާ އާއި ހުނަދޫ ވިލިނގިލީގައި ރިޒޯޓް ތަރައްޤީކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތް އަވަސްކުރުމާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

އަދި ހުވަދުއަތޮޅުގައި ވީހާވެސް އަވަސް ފުރުޞަތެއްގައި ޑީކޯ ޗެމްބަރއެއް ޤާއިމުކުރުމާ ބެހޭގޮތުންނާއި، އަތޮޅުގެ ރަށްރަށުގެ ރައްޔިތުން ރަށްރަށުގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކުގައި ރިޒޯޓްތަކުގެ ބައިވެރިވުމާއި އެހީތެރިކަން މިހާރަށްވުރެ އިތުރުކުރުމާ ބެހޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.