ސްޓޭޓް ގެސްޓްހައުސްގެ ކަންކަމާއި ވިލިނގިލީގެ “ފިޔަ” އިމާރާތުގެ ކަންކަމާއި ބެހޭގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި އަތޮޅުކައުންސިލުން ބައްދަލުކޮށް މަޝްވަރާކޮށްފި

February 17, 2020

0

ސްޓޭޓް ގެސްޓްހައުސްގެ މަރާމާތާއި އެތަނަށް ބޭނުންވާ މުވައްޒަފުން ހަމަޖެއްސުމާއި އަދި ގއ.ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ “ފިޔަ” އިމާރާތް މަރާމާތު ކުރުމާ ބެހޭގޮތުން 17 ފެބްރުއަރީ 2020 ވީ ހޯމަ ދުވަހު (މިއަދު) 9:00ގައި އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރު ޢީސާ އާއި އެ މިނިސްޓރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު އާދަމް އާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މިމަޝްވަރާގެ ތެރޭގައި ގެސްޓްހައުސް މަރާމާތުކޮށްގެން ނޫނީ އެތަން ބެލެހެއްޓެން ނެތްކަމަށާއި އަދި އެތަން ބެލެހެއްޓުމަށްޓަކައި މުވައްޒަފުން ވީހާއަވަހަކަށް ހަމަޖެއްސުމުގެ މުހިއްމު ކަމުގެ މައްޗަށް ދެފަރާތުގެ މެދުގައި މަޝްވަރާކުރެވުނެވެ.

އަދި 2019ވަނަ އަހަރު އަނދައިގެންދިޔަ “ފިޔަ” އިމާރާތުގެ ބަދަލު ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބިދިނުމަށްޓަކައި ކަންކަން ހިނގަމުންދާ ގޮތުގެ މައުލޫމާތު ހޯއްދެވުމަށާއި، އެއިމާރާތް މިހާރު ހުރިގޮތުން އިތުރު ގެއްލުންތަކެއް ލިބިދާނެކަމަށް ފެންނާތީ އެކަމާބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.