ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް އަވަސްކުރުމާބެހޭ ގޮތުން މަޝްވަރާކޮށްފި

February 26, 2020

0

މިއަތޮޅުގައި ސަރުކާރުން އަޅަން ނިންމާފައިވާ 750 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މިހާތަނަށް ނުފެށިފަވާތީ އެކަން އަވަސްކުރުމާބެހޭ ގޮތުން 20 ފެބްރުއަރީ 2020 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގައި އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު މިނިސްޓަރ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އާމިނަތު އާތިފާއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. އަދި މިބައްދަލުވުމުގައި މަގުބައްތީގެ ކަންތައްތަކާބެހޭގޮތުންވެސް ދެފަރާތުގެ މެދުގައި މަޝްވަރާކުރެވުނެވެ.