ރައީސުލް ޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް އާ އަތޮޅުކައުންސިލުން ބައްދަލުކުރައްވައިފި

February 26, 2020

0

20 ފެބްރުއަރީ 2020 ވީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 20:30ގައި އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު ރައީސުލް ޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް އާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި މިއަތޮޅުގައި މަސައްކަތްތަކުގެ މައުލޫމާތު ރައީސް އަޙުމަދު ފުއާދު ޙިއްސާކުރެއްވިއެވެ.

މިއަތޮޅު ވިލިނގިލީގައި ފެންބޮޑުވާ މައްސަލަ އާއި ފެންހޮޅިލުމަށް މަގުތަކުގައި އަޅާފައިވާ ތާރު ކަނޑާ ހޮޅި އަޅަމުންދާ މައްސަލައާއި ވިލިނގިލީ އިންޖީނުގޭގޭ އާ އިމާރާތުގެ މަސައްކަތް ނުފެށި ލަސްވަމުންދާތީ އެކަންތައްތައް އަވަސް ކުރެއްވުމަށް އަތޮޅުކައުންސިލްގެ ރައީސް ހުށަހެޅުއްވިއެވެ.

އަދި މިއަތޮޅަށް ބޭނުންވާ މުޙިއްމު ޚިދުމަތްތައް މިއަތޮޅުގައި ޤާއިމުކުރުމާބެހޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.