ބިޒްނަސް ސެންޓަރ ގއ.ވިލިނގިލީގެ ގޮފި ރަސްމީކޮށް ހުޅުވައިފި

February 26, 2020

0

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ގއ.އަތޮޅުގައި ބިޒްނަސް ސެންޓަރ ވިލިނގިލީގެ ގޮފި ރަސްމީކޮށް 22 ފެބްރުއަރީ 2020 ވީ ހޮނިހިރު ދުވަހުގެ ހެނދުނު 11:00ގައި ރަސްމީކޮށް ހުޅުވައިފިއެވެ. މި ސެންޓަރ ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއިލް އެވެ.

މިރަސްމިއްޔާތުގައި ގއ.އަތޮޅުކައުންސިލުން އިސްވެއޮވެ މިއަތޮޅުގެ އިޤްތިޞާދު ކުރިއެރުވުމަށް ޚާއްސަކޮށްގެން “ހުވަދޫ ބޭންކް” ގެ ނަމުގައި “ހުވަދޫ ފައިނޭންސް ކޯޕަރޭޝަން” އެއް އުފައްދާނެކަން އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު އިޢުލާންކުރެއްވިއެވެ.

އަދި މިކޯޕަރޭޝަންގައި ޙިއްސާވުމަށް ހުވަދުއަތޮޅުގެ ހުރިހާ ކައުންސިލްތަކަށް ދަޢުވަތު އަރުވާނެ ކަމަށްވެސް އަތޮޅުކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ގއ،އަތޮޅުކައުންސިލުން އުފެއްދެވުމަށް ގަސްދުކުރައްވާ “ހުވަދޫ ފައިނޭންސް ކޯޕަރޭޝަން”ގައި  ކައުންސިލްތަކުން ޙިއްސާވާވަރަށް އެވަރުގެ އަދަދެއް ސަރުކާރުން ޙިއްސާވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.