ކޫއްޑޫ އެއަރޕޯޓްގެ މައްސަލަތައް ހައްލުކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފި

February 26, 2020

0

ކޫއްޑޫ އެއަރޕޯޓްގައި ހުރި މައްސަލަތައް ހައްލުކުރުމާބެހޭގޮތުން 20 ފެބްރުއަރީ 2020 ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:30ގައި އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު ކޫއްޑޫ އެއަރޕޯޓްގެ ސިއީއޯ މުޙައްމަދު އަލީ ޖަނާޙު އާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ޚާއްސަކޮށް އެއަރޕޯޓް ބަނދަރަށް ލަފާ ފުރުމުގައި ދިމާވާ ދަތިތަކާއި، ބަދަރު ސަރަހައްދުގައި ހިޔާ ވާނެ ތަނެއް ނެތުމުން ރައްޔިތުންގެ ފަރާތުން ލިބެމުންދާ ޝަކުވާތައް ޙިއްސާ ކުރައްވައި އެކަންތައްތައް ޙައްލުކުރުމާބެހޭ ގޮތުން ދެފަރާތުގެ މަދުގައި މަޝްވަރާކުރެއްވިއެވެ.