އޮޑިޓަރ ޖެނެރަލް އޮފީހުގެ ދެކޮނު ސަރަޙައްދީ އޮފީހުގެ 2019ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމުގެ ރަސްމިއްޔާތުގެ އަތޮޅުކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގަންނަވައިފި

February 26, 2020

0

19 ފެބްރުއަރީ 2020 ވީ ބުދަ ދުވަހު ބޭއްވި އޮޑިޓަރ ޖެނެރަލް އޮފީހުގެ ދެކޮނު ސަރަޙައްދީ އޮފީހުގެ 2019ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމުގެ ރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު ބައިވެރިވެވަޑައިގަންނަވައިފިއެވެ. މިރަސްމިއްޔާތުގައި ރިޕޯޓް ނެރެދެއްވީ ތިނަދޫ އުތުރު ދާއިރާގެ  މަޖިލިސް މެމްބަރ އަބުދުލް މުޣުނީއެވެ.

2018ވަނަ އަހަރު މިއަތޮޅުގައި ބޭއްވި އޮޑިޓަރ ޖެނެރަލް އޮފީހުގެ ދެކޮނު ސަރަޙައްދީ އޮފީހުގެ އަހަރީ ރިޕޯޓް ނެރުމުގެ ތެރެއިން އަތޮޅު ކައުންސިލްގެ ރައީސް އަޙުމަދު ފުއާދުގެ އެދި ވަޑައިގަތުމަކަށް އޮޑިޓަރ ޖެނެރަލް އޮފީހުން ވަނީ “އޮންލައިން ޓްރެއިނިންގ މޮޑިއުލް” އެއް ހަދައި “މާލީބަޔާން” ތައްޔާރުކުރާ ފަރާތްތަކަށް ބޭނުންވާ ކަންކަން ފަސޭހަކޮށްދީފައެވެ. އަދި މިކަންވަނީ މިއަދުގެ ރަސްމިޔާތުގައި ރަސްމީކޮށް އިއުލާންކޮށްފައެވެ.