މިފްކޯއިން ކޫއްޑޫ ތަރައްޤީއަށް ކުރަންހުރި ކަންކަމާއި ގއ.އަތޮޅުކައުންސިލުން މަޝްވަރާކޮށްފި

February 26, 2020

0

ގއ.ކޫއްޑޫގެ ކެޕޭސިޓީގެ މިންވަރު އިތުރުކުރުމަށް މިފްކޯ އިން ކުރަމުންގެންދާ މަސައްކަތްތަކާ ބެހޭގޮތުން 18 ފެބްރުއަރީ 2020 ވީ އަންގާރަ ދުވަހު ހެނދުނު 9:00ގައި އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީއާއި އެކުންފުނީގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މިގޮތުން މަސްގަންނަ ކެޕޭސިޓީ 2000 ޓަން އިން 6000 ޓަން އަށް ބަދަލުކުރުމަށާއި، 80 ޓަންގެ ދަޅުމަސް ބަންދުކުރާ ކާރުޚާނާ އަކާއި، ކޫއްޑޫގެ ބަނދަރު ބޮޑުކުރުމަށް ހެދިފައިވާ ޕްލޭން އާއި ކުރެހުންތައް މިފްކޯ އިން އަތޮޅުކައުންސިލާއި ޙިއްސާކުރެއްވިއެވެ.

އަދި، މިބައްދަލުވުމުގައި ގެމަނަފުށީ އައިސްޕްލާންޓް  ބޮޑުކުރުމުގެ އިތުރުން ކޫއްޑޫގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތާއި، ބިން ހިއްކައިގެން ކެނެރީ އެޅުމުމުގެ  ފޭސް 1 (އެކެއް)ގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް މިފްކޯގެ އެމްޑީ ވަނީ ވިދާޅުވެފައެވެ.