ގއ. އަތޮޅުގައި ރިހެބިލިޓޭޝަން ސެންޓަރ އެއް ޤާއިމުކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފި

February 26, 2020

0

މިއަތޮޅުގައި މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން 18 ފެބްރުއަރީ 2020 ވީ އަންގާރަ ދުވަހު (މިއަދުގެ) މެންދުރު 13:00ގައި އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު ނޭޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯ ޙަސަން ޝަކީލް އާއި ސީނިއަރ މެނޭޖްމަންޓާއި އެކު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މިގޮތުން މަސްތުވާތަކެތީގެ މައްސަލަތައް ޙައްލުކުރުމަށާއި މިކަންތައްތައް މުޖުތަމަޢުގެ ތެރެއަށް ފެތުރިޔަ ނުދީ ހުއްޓުވައި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ދަނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އަތޮޅުން ފަރުވާ ދެވޭނެގޮތް ހަމަޖެއްސުމަށް ގއ. އަތޮޅުގައި ރިހެބިލިޓޭޝަން ސެންޓަރެއް ހެދުމަށް މަޝްވަރާކުރެވުނެވެ. އަދި މިކަމަށްޓަކައި އަތޮޅުކައުންސިލުން ހިލޭ އިމާރާތަކާއި އެހެނިހެން ކަންތައްތަކަށް މަގުފަހިކޮށްދެއްވާނެކަމަށާއި، އަދި މިކަމާމެދު ދެފަރާތުގެ މެދުގައި އިތުރަށް މަޝްވަރާކުރެއްވުމަށް ސިއީއޯ މިއަތޮޅަށް ވަރަށް އަވަސް ފުރުޞަތެއްގައި ވަޑައިގަތުމަށް ނިންމެވިއެވެ.