ގއ. އަތޮޅު ކައުންސިލުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އާއި ބައްދަލު ކުރެއްވުން

February 26, 2020

0

20 ފެބްރުއަރީ 2020 ވީ ބުރާސްފަތި ދުވަހުގެ މެންދުރު 12:30ގައި އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު މިނިސްޓަރ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއީލް އާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި މިއަތޮޅުގައި ޤާއިމުކުރެވިފައިވާ ބިޒްނަސް ސެންޓަރ ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވާތީއާއި މިއަތޮޅުގައި އިޤްތިސާދީ ފުދުންތެރިކަން އިތުރުކުރުމަށް ފައިނޭންސް އިންސްޓިޓިއުޓެއް “ހުވަދޫ ބޭންކް”ގެ ނަމުގައި އުފެއްދުމަށް ޤަސްތުކުރައްވާތީ އެކަމާބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ. އަދި ގެސްޓްހައުސް ވިޔަފާރި ފުޅާ ކުރުމަށާއި، އެސް.އެމް.އީ ލޯނު ލިބުމުގައި ހުރި ދަތިތަކާއި ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މިބައްދަލުވުމުގައި 22 ފެބްރުއަރީ 2020 ވާ ހޮނިހިރު ދުވަހު ވިލިނގިލީގައި ޤާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާނެކަމަށާއި، ފައިނޭންސް އިންސްޓިޓިއުޓެއް އުފެއްދުމުގައި އެސް.އެމް.އީގެ އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.