ގއ. މާމެންދޫ “ބެލެނެވެރިންގެހިޔާ” ގެ އެއްބަސްވުމުގައި ސޮއިކޮށްފި

February 27, 2020

0

ގއ. މާމެންދޫ “ބެލެނެވެރިންގެހިޔާ” ގެ އެއްބަސްވުމުގައި ސޮއިކޮށްފި

ގއ. އަތޮޅުކައުންސިލާއި ގއ. މާމެންދޫ ކައުންސިލާއި ގުޅިގެން ހިންގަން ހަމަޖެހިފައިވާ “މާމެންދޫ ބެލެނެވެރިންގެހިޔާ” އިމާރާތްކުރުމުގެ އެއްބަސްވުމުގައި 27 ފެބްރުއަރީ 2020 ވީ ބުރާސްފަތި ދުވަހު 11:00 ގައި ވަނީ ސޮއިކޮށްފައެވެ. މިކަމަށްޓަކައި މާމެންދޫ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތުގައި “މާމެންދޫ ބެލެނެވެރިންގެހިޔާ” ގެ އެއްބަސްވުމުގައި އަތޮޅުކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު އެވެ. އަދި މި މަސައްކަތް ކުރުމުގެ ބިޑް ކާމިޔާބު ކުރެއްވި ފަރާތް ކަމުގައިވާ މާމެންދޫ “ފޮރެސްޓް” ގެ ފަރާތުން ސޮއި ކުރެއްވީ “ފޮރެސްޓް”ގެ އެމް.ޑީ މުޙައްމަދު ނަޝީދެވެ.

މިއީ، އަތޮޅުކައުންސިލުން މިއަތޮޅުގެ ކޮންމެ ރަށަކަށް ހުޅުވާލެވިގެން އަތޮޅުކައުންސިލުން ހިންގަމުންގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން މާމެންދޫ ގައި ކުރިޔަށްގެންދާ ޕްރޮޖެކްޓެވެ.