
ގއ. ކަނޑުހުޅުދޫ “ފެރީ ޓަރމިނަލް” ގެ އެއްބަސްވުމުގައި ސޮއިކޮށްފި
ގއ. ކަނޑުހުޅުދޫ “ފެރީ ޓަރމިނަލް” ގެ އެއްބަސްވުމުގައި ސޮއިކޮށްފި
ގއ.އަތޮޅުކައުންސިލުން ހިންގަން ހަމަޖެހިފައިވާ ކަނޑުހުޅުދޫ ” ފެރީ
ޓަރމިނަލް” އިމާރާތްކުރުމުގެ އެއްބަސްވުމުގައި 9 މާރިޗް 2020 ވީ ހޯމަ ދުވަހު
13:30 ގައި ވަނީ ސޮއިކޮށްފައެވެ. މިކަމަށްޓަކައި ކަނޑުހުޅުދޫ ކައުންސިލުގައި
ބޭއްވި ރަސްމިއްޔާތުގައި ކަނޑުހުޅުދޫ “ފެރީ ޓަރމިނަލް” ގެ
އެއްބަސްވުމުގައި އަތޮޅުކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅުކައުންސިލްގެ
ރައީސް އަޙުމަދު ފުއާދު އެވެ. އަދި މި މަސައްކަތް ކުރުމުގެ ބިޑް ކާމިޔާބު ކުރެއްވި ފަރާތް ކަމުގައިވާ “ޑީ.އެމް.އެން”
ގެ ފަރާތުން ސޮއި ކުރެއްވީ “ޑީ.އެމް.އެން” ގެ ސީއީއޯ ރައްޒާން ނިޔާޒު
އެވެ.
މިއީ،
އަތޮޅުކައުންސިލުން މިއަތޮޅުގެ ކޮންމެ ރަށަކަށް ހުޅުވާލެވިގެން އަތޮޅުކައުންސިލުން
ހިންގަމުންގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ކަނޑުހުޅުދޫ ގައި ކުރިޔަށްގެންދާ
ޕްރޮޖެކްޓެވެ.
އ. ކަނޑުހުޅުދޫ “ފެރީ ޓަރމިނަލް” ގެ އެއްބަސްވުމުގައި ސޮއިކުރުން

