ގއ. ވިލިނގިލީ ފެރީޓަރމިނަލް ހިންގާ ބެލެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

March 15, 2020

0

ގއ. އަތޮޅުކައުންސިލުން އަތޮޅުގެ ރައްޔިތުންނަށް ފެރީޓަރމިނަލްގެ ޚިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމުގެ ގޮތުން އަތޮޅުގެ ވެރިކަންކުރާ ރަށް ގއ. ވިލިނިގިއްޔަށް އައިސް ގޮސް އުޅުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތައް ޙައްލުކުރުމަށާއި، ވިލިނގިއްޔަށް އަންނަ އަތޮޅުގެ ރައްޔިތުންނަށް ފަސޭހަވާނޭގޮތަށް ފެރީޓަރމިނަލްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން 15 މާރިޗް 2020 ވީ އާދީއްތަދުވަހުގެ 10:00 ގައި ގއ. އަތޮޅުކައުންސިލާއި ގއ. ވިލިނގިލީ ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މިކަމަށްޓަކައި އަތޮޅުކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު އެވެ. އަދި ވިލިނގިލީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ވިލިނގިލީ ކައުންސިލްގެ ރައީސް މުސްތަފާ މުޙައްމަދު އެވެ. މިއެއްބަސްވުމަކީ ވިލިނގިއްޔަށް އަންނަ ރައްޔިތުންނަށާއި އަދި ވަކިން ޚާއްސަކޮށް މިއަތޮޅުގެ ރައްޔިތުންނަށް ފެރީޓަރމިނަލްގެ ޚިދުމަތް އެންމެ އެކަށީގެންވާ ފެންވަރެއްގައި ފޯރުކޮށްދިނުމުގެ ގޮތުން އަތޮޅުކައުންސިލުން އިސްނަގައިގެން ހިންގަވާ މަޝްރޫއެކެވެ.

ގއ. ވިލިނގިލީ ފެރީޓަރމިނަލް ހިންގާ ބެލެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރުން
ގއ. ވިލިނގިލީ ފެރީޓަރމިނަލް ހިންގާ ބެލެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރުން