މިނިވަންދުވަހުގެ ދިދަނެގުމުގެ ޚާއްސަ އިޙްތިފާލު ބާއްވައިފި

July 26, 2020

0

ދިވެހިރާއްޖޭގެ 55ވަނަ ފަޚްރުވެރި މިނިވަންދުވަހުގެ ދިދަ ނެގުމުގެ އިޙްތިފާލު މިއަދު ހެނދުނު 6:00ގައި ގއ.އަތޮޅުކައުންސިލް އިދާރާގައި ބާއްވައިފިއެވެ. މި އިޙްތިފާލުގައި ދިދަ ނަންގަވާފައިވަނީ ގއ.އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު އެވެ.

މި އިޙްތިފާލުގައި ވިލިނގިލީގެ އެކި މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. އަތޮޅުކައުންސިލްގެ ރައީސް މިއަދުވަނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރުމުގެ މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ގއ. އަތޮޅުގެ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.