ސިސްޓަރ އައިލެންޑް ކޮންފަރެންސް ގއ.ގެމަނަފުށީގައި ބާއްވައިފި

October 12, 2020

0

ގއ.އަތޮޅުކައުންސިލާއި ފުވައްމުލަކު ސިޓީއާއި ގުޅިގެން “ސިސްޓަރ އައިލެންޑް ކޮންފަރެންސް” 19 ސެޕްޓެމްބަރ 2020 ވީ ހޮނިހިރު ދުވަހު 10:00ގައި ގއ. ގެމަނަފުށީގައި ބާއްވާފިއެވެ. މި ކޮންފަރެންސް ހުޅުވައިދެއްވީ ގއ.އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު އާއި ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރ ފަލާޙް ޝަރީފް އެވެ.

މި ކޮންފަރެންސަކީ “ސިސްޓަރ އައިލެންޑް ކޮންސެޕްޓް”ގެ ދަށުން މި ކޮންސެޕްޓް ތައާރަފްކޮށް ގއ. އަތޮޅާއި ފުވައްމުލައް ސިޓީ ކައުންސިލާއި ދެމެދު ގުޅުން ބަދަހިކުރާނެ ދާއިރާތަކާމެދު މަޝްވަރާކުރުމަށް ގއ.އަތޮޅުގެ ހުރިހާ ރަށުކައުންސިލްތަކުގެ ރައީސުންނާއި ފުއްވަމުލައް ސިޓީ ކައުންސިލާއެކު 1 ދުވަހުގެ މުއްދަތަށް ގއ. ގެމަނަފުށީގައި ބޭއްވި ކޮންފަރެންސެކެވެ. އެގޮތުން ސިއްޙީ، ތައުލީމް، ދަނޑުވެރިކަން، ދަތުރުފަތުރު، އިޖްތީމާޢީ ގުޅުން ވަރުގަދަކުރުމާއި، އަދި ލޯކަލް ޓޫރިޒަމްގެ ދާއިރާއިން ރިސޯސް ޙިއްސާ ކުރުމާބެހޭގޮތުން މަޝްވަރާކޮށް ކޮންފަރެންސްގެ ނިންމުމެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން މި ނިންމުމުގައި ގއ. ނިލަންދޫ ކައުންސިލް ފިޔަވައި އަތޮޅުގެ އެހެން ހުރިހާ ކައުންސިލްތަކުން ވަނީ ސޮއިކުރައްވާފައެވެ.

އަދި މި ކޮންފަރެންސްގައި ފުވައްމުލައް ސިޓީ ކައުންސިލާއި ގއ.އަތޮޅުގެ ރަށުކައުންސިލްތައް ގުޅިގެން ހިންގިދާނެ ކަންތައްތައް ފާހަގަކޮށް އެކަންކަމާއި ގުޅޭގޮތުން އެމްއޯޔޫގައި ސޮއިކުރުމަށްޓަކައި މިއަހަރުގެ ނޮވެމްބަރ މަހުގެ 11 އިން 14 އަށް ފުވައްމުލައް ސިޓީގައި ކޮންފަރެންސް އެއް ބޭއްވުމަށްވަނީވެސް ނިންމާފައެވެ.