“ހޭންޑްބޯލް” ތައާރަފުކޮށް ކޯޗިންގ ކޭމްޕެއް ބޭއްވުމަށް ނިންމައިފި

October 25, 2020

0

ސިސްޓަރ ސިޓީ އައިލެންޑް” ކޮންސެޕްޓް ގެ ދަށުން ގއ. އަތޮޅާއި ފުވައްމުލައް ސިޓީ ކައުންސިލާއެކު ރިސޯސް ހިއްސާ ކުރުމަށް ވެވުނު އެއްބަސްވުމުގެ ދަށުން “ހޭންޑް ބޯލް” ތާއާރަފުކޮށް ކޯޗިންގ ކޭމްޕެއް ކުރިޔަށް ގެންދިއުމަށް ފުވައްމުލައް ސިޓީ އިން ފޮނުވި “ހޭންޑް ބޯލް” ކޯޗް 15 އޮކްޓޯބަރ 2020 ވީ ބުރާސްފަތި ދުވަހު ގއ. ވިލިނގިއްޔަށް ވަޑައިގަންނަވައިފިއެވެ. މިއީ، ވިލިނގިލީ ސްޕޯޓްސް ކުލަބްގެ ފަރާތުން ކޯޗިންގެ ކޭމްޕެއް ބޭއްވުމަށްޓަކައި ކޯޗަކު ގެނެސްދެއްވުމުގެ އިންތިޒާމް ހަމަޖައްސައިދެއްވުމަށް އަތޮޅުކައުންސިލުގައި އެދިވަޑައިގަތުމާއި ގުޅިގެން ގެނައި ކޯޗެކެވެ.