ފުވައްމުލައް ސިޓީ ކައުންސިލްގެ ޓީމެއް ގއ.އަތޮޅަށް ވަޑައިގެންފި

October 25, 2020

0

ފުވައްމުލައް ސިޓީ ކައުންސިލްގެ ސިޓީ މެއިންޓަނަންސް އެންޑް ސިޓިޒެންޝިޕް ރެޖިސްޓްރޭޝަން ސެކްޝަނުގެ މުވައްޒަފުންގެ ދެ ޓީމެއް ތަޖުރިބާ ދަތުރެއްގައި 15 އޮކްޓޯބަރ 2020 ވީ ބުރާސްފަތި ދުވަހު ގއ.އަތޮޅަށް ވަޑައިގަންނަފިއެވެ. މިއީ އޮކްޓޯބަރ މަހުގެ 15 އިން 18އަށް އެކައުންސިލުގެ ބޭފުޅުން މިއަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރެކެވެ. މި ދަތުރުގައި މިއަތޮޅުގެ ރަށްރަށަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޓީމުގައި ފުވައްޒމުލައް ސިޓީ ކައުންސިލްގެ 60 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއެވެ.