“ގއ. ކޮނޑޭ ކުޑަކުދިންގެ ޕާރކް” އަށް ބޭނުންވާ ތަކެތި ސަޕްލައި ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި.

October 25, 2020

0

ގއ.އަތޮޅު ކައުންސިލުން އަތޮޅުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ” ކޮނޑޭ ކުޑަކުދިންގެ ޕާރކް ” އަށް ބޭނުންވާ ތަކެތި ސަޕްލައި ކުރުމުގެ އެއްބަސްވުމުގައި 19 އޮކްޓޯބަރ 2020 ހޯމަ ދުވަހު 11:00 ގައި ވަނީ ސޮއިކޮށްފައެވެ. މިކަމަށްޓަކައި ކޮނޑޭ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތުގައި “ކޮނޑޭ ކުޑަކުދިންގެ ޕާރކް” އަށް ބޭނުންވާ ތަކެތި ސަޕްލައި ކުރުމުގެ އެއްބަސްވުމުގައި ގއ އަތޮޅުކައުންސިލްގެ ފަރާތުން، ކައުންސިލްގެ ރައީސް އަހްމަދު ފުއާދު ސޮއިކުރައްވާފައިވާއިރު، މި މަސައްކަތް ކުރުމުގެ ބިޑް ކާމިޔާބު ކުރެއްވި ފަރާތުން ސޮއިކުރެއްވީ “އާރުއެސް ބިޒިނަސް” ގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަފީގުއެވެ. މި މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވަނީ 45 ދުވަސް ތެރޭގައި ނިންމާ ގޮތަށް ” އާރުއެސް ބިޒްނަސް ކުންފުންޏާ” އެވެ.

މިއީ، އަތޮޅުކައުންސިލުން މިއަތޮޅުގެ ކޮންމެ ރަށަކަށް ހުޅުވާލެވިގެން އަތޮޅުކައުންސިލުން ހިންގަމުންގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ކޮނޑޭ ގައި ކުރިޔަށްގެންދާ ޕްރޮޖެކްޓެވެ. މިއީ އަތޮޅުކައުންސިލުން ރަށްރަށުގައި ކުރިޔަށް ގެންދާ 4ވަނަ ޕްރޮޖެކްޓެވެ.