|
|
|
|
|
|
|
|
|
|
ހުވަދުއަތޮޅު
އުތުރުބުރި (ގއ)
|
|
ދުނިޔޭގައި ގުދުރަތީގޮތުން އުފެދިފައިވާ އެންމެ ބޮޑު އަތޮޅު ހުވަދުއަތޮޅު (ގ)، ސަރުކާރު ހިންގުމަށް ފަސޭހަޔަކަށް ދެއަތޮޅަކަށް (ހުވަދުއަތޮޅު އުތުރުބުރިއާއި ދެކުނުބުރި) ބައިކުރެވިފައިވަނީ 7 ފެބުރުއަރީ 1962 ގައެވެ.
ހުވަދުއަތޮޅު އުތުރުބުރި (ގއ) އޮންނަނީ ގދ. އަތޮޅުގެ އިރު އުތުރުން ޑިގްރީގައެވެ. މީހުން ދިރިއުޅޭ 10 ރަށް އަދި މީހުން ދިރިނޫޅޭ 89 ރަށް ހިމެނޭ މިއަތޮޅުގެ 2005 ވަނަ އަހަރުގެ އާބާދީއަކީ 12,188މީހުންނެވެ. މިއަތޮޅުގެ ވެރިކަން ކުރަނީ "ވިލިނގިލި" ގައެވެ. އަތޮޅަށް ދެވިފައިވާ އިގިރޭސި އަކުރަކީ "P" އެވެ.
ހުވަދުއަތޮޅު އުތުރުބުރި (ގއ) އަތޮޅަކީ މަސްވެރިކަމުގެ ރޮގުން ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އެންމެމަތީ ފަންތީގައި ގުނާލެވޭ އަތޮޅެކެވެ. ދަނޑުވެރިކަން ކުރާ މަދުރަށްތަކެއް އެކުލެވޭ މިއަތޮޅަށް ވަރަށް އަވަހަށް ޓޫރިޒަމް ތަޢާރަފްކުރާގޮތަށްވަނީ ހަމަޖެހިފައެވެ.
|
|
|
|
Latest News |
މުޙިއްމު ޚަބަރު |
|
|
|
|
|
|
|
Copyright © 2007 North Huvadhu Atoll Office |
Designed & Developed by Megachip
|
|