|
|
|
|
|
|
|
|
|
ޚަބަރު
|
|
|
|
|
| މިއަތޮޅު ދިޔަދޫ މީހުން ބަދަލުކުރުން | |
އާބާދީއާއި ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން މިއަތޮޅު ދިޔަދޫން މީހުން ބަދަލުކުރުމަށް ފެށުނު މަޝްރޫޢު 25 ފެބުރުއަރީ 2010 ބުރާސްފަތި ހަވީރު 18:00ގައި ނިންމާލުމުގެ ގޮތުން އެރަށު އޮފީހުގެ ދިދަ ވަނީ ތިރިކޮށްފައެވެ. އެއޮފީހުގެ ދިދަ ތިރިކޮށްދެއްވީ މަތި ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނާއިބު އަލްފާޟިލު މުހައްމަދު ޝަރީފުއެވެ.
އާބާދީގައި 230 މީހުން ( 123 އަންހެނުން އަދި 107 ފިރިހެނުން ) ދިރިއުޅެމުން އައި މިރަށުގެ ވަޒަންވެރިންގެ ތެރެއިން 10 އާއިލާއެއް މިއަތޮޅު ކޮނޑޭއަށް ބަދަލުވެފައިވާ އިރު މިއަތޮޅު ގެމަނަފުއްޓަށް 17 އާއިލާ އެއް ވަނީ ބަދަލުވެފައެވެ. މިއަތޮޅު ދާންދޫއަށް 1 އާއިލާއެއް ބަދަލުވެފައިވާ އިރު 05 އާއިލާއެއް ލ. ގަމަށް ވެސް ބަދަލުވެފައި ވެއެވެ.
ދިޔަދޫއިން މިއަތޮޅު ކޮނޑޭއަށް ބަދަލުވާ މީހުންނަށް މިއަތޮޅު ކޮނޑޭގައި 10 ގެ އިމާރާތްކުރެވިފައި ވާއިރު މިއަތޮޅު ގެމަނަފުށީގައި 27 ގެއެއް ވަނީ އިމާރާތް ކުރެވިފައެވެ. ހަމަ އެހެންމެ ދާންދޫގައި 1 ގެއެއް އިމާރާތް ކުރެވިފައިވާ އިރު ލ. ގަމުގައި 05 ގެއެއް ވަނީ އިމާރާތް ކުރެވި އެއާއިލާތަކާއި ހަވާލުކުރެވިފައެވެ.
| | | | |
|
|
|
|
Copyright © 2007 North Huvadhu Atoll Office |
Designed & Developed by Megachip
|
|