|
|
|
|
|
|
|
|
|
ޚަބަރު
|
|
|
|
|
| މަދުރަސަތުލް ސުލްތާން މުހައްމަދު ޕްރީ-ސްކޫލް ހުޅުވުން | |
ދެއްވަދޫގައި އަލަށް ހުޅުވުނު ދެއްވަދޫ މަދުރަސަތުލް ސުލްތާނު މުހައްމަދު ޕްރީ- ސްކޫލް މިއަދު ( 09 މާރޗު 2010 ދުވަހު ) ހެނދުނު 9:25 ގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. މުސްތަފާ ލުތުފީ ހުޅުއްވައި ދެއްވައިފިއެވެ. މިރަސްމިއްޔާތުގައި ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލަރ ތައުފީގް އަބްދުﷲ އަދި އަތޮޅު އޮފީހުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
މިސްކޫލަކީ ދެއްވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަންގަވައިގެން މަތި ދެކުނު ޕްރޮވިންސް އޮފީހާއި ކަމާއި ބެހޭ އެކި ދާއިރާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ފެއްޓެވި މަސައްކަތެކެވެ. އަންހެނުންގެ ކޮމެޓީގެ އިމާރާތުގެ މިފެށި ޕްރީ – ސްކޫލުގައި ތުއްތު ކުދިންނާއި ރައްޓެހި ގޮތަކަށް ގާއިމުކުރެވިފައިވާ 2 ކްލާސް ރޫމަކާއި ކުދިން ކުޅޭނެ ތަނެއްވެސް ހެދިފައި ވެއެވެ.
މިއަދު ޕްރީ – ސްކޫލެއް ރަސްމީކޮށް ހުޅުވުނު ކަމުގައި ވިޔަސް 05 އޮގަސްޓް 2007 އިން ފެށިގެން މިއަދާއި ހަމަޔަށް ދެއްވަދޫ މަދުރަސަތުލް ސުލްތާން މުހައްމަދުގައި ޕްރީ – ސްކޫލް ތައުލީމް ފޯރުކޮށްދެމުން ގޮސްފައިވެއެވެ.
| | | | |
|
|
|
|
Copyright © 2007 North Huvadhu Atoll Office |
Designed & Developed by Megachip
|
|