Aug 29th

ގއ.އަތޮޅުގެ މާސްޓަރ ޕްލޭން ހެދުމަށްބޭނުންވާ ސާރވޭތައް ކުރުމަށްޓަކައި ޓީމެއް ވަޑައިގެންފި

ހުވަދުއަތޮޅު އުތުރުބުރީ ގެ މާސްޓަރ ޕްލޭން ހެދުމަށް ކޮމާރސް ޑިވެލޮޕްމަންޓް އެންޑް އެންވަޔަރަންމަންޓް ޕްރައިވެޓް ލިމިޓެޑް (ސީ.ޑީ.އީ) އާއި އަތޮޅުކައުންސިލްގެ އިދާރާއާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ، 28 އޯގަސްޓް 2012 ވަނަ ދުވަހު އަތޮޅުގެ މާސްޓަރ ޕްލޭން ހެދުމަށްޓަކައި ކުރަންޖެހޭ ސާރވޭތައް ކުރައްވައި ރަށްރަށާއިބެހޭ މަޢުލޫމާތު އެއްކުރެއްވުމަށްޓަކައި ސީ.ޑީ.އީ ގެ ޓީމެއް ގއ. އަތޮޅަށް ވަޑައިގެންފި އެވެ.

މި ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ސީ.ޑީ.އީ ގެ ޑރ.ސިމާދު ސަޢީދު، އަލްފާޟިލާ ހަފީޒާ ޢަބުދުﷲ، އަލްފާޟިލާ އަނީސާ ޔޫސުފް، އަލްފާޟިލާ ލުބުނާ މޫސާ، އަލްފާޟިލާ ނާޝިޔާ ސަޢީދު އަދި އަލްފާޟިލް މުޙަންމަދު ޝިނާޒް ސަޢީދެވެ.

މި ޓީމުގެ ބޭފުޅުން މިއަތޮޅުން ފުރަތަމަ ވަޑައިގެންނެވީ ކޮލަމާފުއްޓަށެވެ. 28 އޯގަސްޓް 2012 ވަނަ ދުވަހު ކޮލަމާފުށީގެ މަސައްކަތް ނިންމަވާލެއްވުމަށްފަހު 29 އޯގަސްޓް 2012 ގައި މިއަތޮޅު ދެއްވަދޫ އަދި ކަނޑުހުޅުދޫގެ މަސައްކަތް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.