Oct 31st

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 73 ވަނަ ޖަލްސާ ބާއްވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 73 ވަނަ ޖަލްސާ  18 ސެޕްޓެމްބަރ 2012 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި އަތޮޅުކައުންސިލްގެ އިދާރާގައި ބާއްވައިފި އެވެ.

މި ޖަލްސާ ބޭއްވިފައިވަނީ އަތޮޅުކައުންސިލްގެ 73 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި، 73   ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ.

މި ޖަލްސާގެ އެޖެންޑާގައިވާ ކަންތައްތަކާމެދު މަޝްވަރާކޮށް، އެ ކަންތައްތަކުގެ ތެރެއިން 9 ކަމެއް މި ޖަލްސާއިން ނިންމާފައިވެ އެވެ. މި ގޮތުން ނިންމި ކަންތައްތަކަކީ:-

1-      73 ވަނަ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށް މަޝްވަރާކޮށް، އެޖެންޑާ ފާސްކުރުމަށްޓަކައި ރިޔާސަތުން ހުށަހެޅުމުން އިދާރީ  ލިޔެކިއުންތަކުގައި  ސޮއިކުރުމާއި  ބެހޭގޮތުން މަޝްވަރާ ކުރުމަށާއި، އަތޮޅު ކައުންސިލްގެ  ޖަލްސާތައް އަތޮޅުގެ ރަށްރަށުގައި ބޭއްވުމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށާއި، ޓްރާންސްޕޯޓްން ދޭ ޚިދުމަތާއި ބެހޭގޮތުން މަޝްވަރާ ކުރުމަށާއި،       އޯކިޑްލޯންޗުން ކުރާ ދަތުރު ތަކާބެހޭގޮތުން މަޝްވަރާކުރުމަށާއި އަދިހުށަހެޅުއްވި ކަރުދާހާއި ބެހޭގޮތުން މަޝްވަރާ ކުރުމަށާއި،       ވޮލީބޯޅަ މުބާރާތާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ކައުންސިލަރ ކައުންސިލަރ ޢަބުދުއްޞަލާމު މުޙައްމަދު ހުށަހަޅުއްވާފައިވާތީ އެކަން އެޖެންޑާގައި ހިމެނުމަށާއި،  50،000.00 ރުފިޔާގެ އެހީއާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް މުޙައްމަދު ސިޔާމް ހުށަހަޅުއްވާފައިވާތީ އެކަން އެޖެންޑާގައި ހިމެނުމަށާއި، ދެއްވަދުއަށް ކުރެއްވި ދަތުރާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް އާމިރު ޢަލީ ހުށަހަޅުއްވާފައިވާތީ އެކަން އެޖެންޑާގައި ހިމެނުމަށާއި، ޒުވާނުންގެ މަރުކަޒާއި ބެހޭގޮތުން ޔޫތު މިނިސްޓްރީން ފޮނުއްވި ސިޓ އާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ރައީސް ހާރޫނު ރަޝީދު ހުށަހަޅުއްވާފައިވާތީ އެކަން އެޖެންޑާގައި ހިމެނުމަށްފަހު، އެޖެންޑާ ފާސްކުރެވުނެވެ.

2-       ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގުރާމައި ބެހޭގޮތުން މަޝްވަރާކޮށް، ދަނޑުވެރިކަމުގެ ޕްރޮޖެކްޓް  ހިންގާ ރަށްރަށުން އެމަސައްކަތުގައި އިސްކޮށް ޙަރަކާތްތެރި ވުމަށްޓަކާ ޕޯކަލް ޕޮއިންޓްތައް  މުޙައްމަދު ސިޔާމުގެ ބެލުމުގެ  ދަށުން ހަމަޖެއްސުމަށް ނިންމުނު.

3-      އަތޮޅު ލޯންޗްގެ އިންޖީނު އެޅުމާއި ބެހޭގޮތުން މަޝްވަރާ ކޮށް މި މަސައްކަތް ކުރުމަށް ދެ ގޮތެއް ކަނޑައެޅުނެވެ. މި ގޮތުން މިކަން ކުރުމަށް ނިންމީ ލޯންޗް ވިލިގިއްޔަށް އެހެލާ މަރާމާތްކޮށް އިންޖީނު އެޅުމުގެ މަސައްކަތް ޢަބުދުއްޞަލާމު މުޙައްމަދުގެ ބެލުމުގެ ދަށުން ކުރުމަށާއި، ލިލީ ލޯންޗްގައި ބޭނުންކުރި 2 އިންޖީނު ކުރިން ބޭއްވި ބައްދަލުވުމުން ނިންމަވާފައިވާ އަގަށް ސިޓީލާ ނީލަމުގައި ވިއްކާލުމަށް އިޢުލާން ކުރުމަށެވެ.

4-      ގެމަނަފުށީގައި އިމާރާތް ކުރާ ދިޔަދޫ މީހުންގެ ނުނިމި ހުރި ގެތަށް މަރާމާތުކުރުމަށް ހަވާލުކުރެވޭ ފަރާތުގެ އެގްރިމެންޓާއި ބެހޭގޮތުން މަޝްވަރާ ކޮށް، ގެމަނަފުށީގައި އިމާރާތްކުރާ ގެތަކުގެ ތެރެއިން މަސައްކަތް ނުނިމިހުރި ގެތަކުގެ މަސައްކަތް ނިންމުމަށް މިހާރު ހެދިފައިވާ ޑްރާފްޓަކީ ކައުންސިލުން ފާސްކުރި ޑްރާފްޓް ކަމަށާއި، އެ ޑްރާފްޓުން މަސައްކަތް ޙަވާލުވާ ފަރާތާއި ގެމަނަފުށީ ކައުންސިލުން ވިދާޅުވާނެ އެއްޗެއް އޮތްތޯ ބެލުމަށާއި، އަދި މިމަސައްކަތް އަތޮޅު ކައުންސިލުން ސްޕަވައިޒް ކުރައްވާނީ ޢަބުދުއްޞަލާމު މުޙައްމަދު ކަމުގައި ހަމަޖެއްސުމާއި، ގެމަނަފުށިން މަސައްކަތް ސްޕަވައިޒް ކުރައްވާނެ ފަރާތެއް ގެނަމަފުށީ ކައުންސިލުން ކަނޑައެޅުމަށް ނިންމުނު.

5-       ދަތުރު ފަތުރުގެ ނިޒާމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށް، އިދާރީ  މަސައްކަތް ތަކުގައި ހުރިހާ ކައުންސިލަރުންވެސް  މިހާރަށްވުރެ  ބޮޑަށް ޒިންމާ  ނަންގަވައިގެން މަސައްކަތް ކޮށްދެއްވުމަށް ނިންމުނު.

6-      މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ފޮނުއްވާފައިވާ ޔޫތު ސެންޓަރ ވިލިނގިލީ ކައުންސިލާއި ޙަވާލުކުރުމާބެހޭ ގޮތުން މަޝްވަރާ ކޮށް، މި މައްސަލައާއި ބެހޭގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އަށް މިއަދު (18 އޮކްޓޫބަރ2012 ) ސިޓީއެއް ޑްރާފްޓްކޮށް ފޮނުއްވުމަށް ނިންމުނު.

7-      ގެމަނަފުށީ ކޯޓުންހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ގެމަފުށީ ކޯޓަށް ފޮނުވާނެ މީހަކު ހަމަޖެއްސުމާއި ބެހޭގޮތުން މަޝްވަރާ ކޮށް، ގެމަނަފުށީ  ކޯޓުން ހުށަހަޅުއްވާފައިވާ  މައްސަލާގައި  އަތޮޅުކައުންސިލް އިދާރާގެ ލީގަލް އެސިސްޓެންޓް ޢަބުދުލްޙަމީދު ނާސިރު ފޮނުވުމަށް ކައުންސިލްގެ އިއްތިފާގުން ނިންމެވި.

8-      އިދާރާގެ ލިޔެކިއުންތަކުގައި ސޮއިކުރުމާއި ބެހޭގޮތުން މަޝްވަރާ ކޮށް، ހުރިހާ ކައުންސިލަރުން ކޮމިޓީގެ މަސައްކަތްތަކުގައާއި، އަދި އިދާރީ އެހެނިހެން ކަންތައްތަކުގައި އެއްބާރުލުން ދެއްވައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމުނު.

9-      އަތޮޅުގެ ރަށްރަށުގައި އަތޮޅު ކައުންސިލްގެ ޖަލްސާ ބޭއްވުމާއި ބެހޭގޮތުން މަޝްވަރާ ކޮށް، ދަނޑުވެރިކަމުގެ ކޯހަށް ބޭނުންވާ ތަކެތި ހަމަޖެހުމުން ދެންއޮންނަ އަތޮޅު ކައުންސިލްގެ ޖަލްސާއެއް ނިލަންދޫގައި ބާއްވާގޮތަށް ހަމަޖެހުނު.

މި ޖަލްސާގައި އަތޮޅުކައުންސިލްގެ ނާއިބުރައީސް އަލްފާޟިލް މަސްޢޫދު އަޙުމަދު ފިޔަވައި ހުރިހާ އަތޮޅު ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަތޮޅުކައުންސިލްގެ ނާއިބުރައީސް އަލްފާޟިލް މަސްޢޫދު އަޙުމަދު  ހުންނެވީ މާލޭގައެވެ.