Oct 16th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 31 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

އަތޮޅުކައުންސިލްގެ 31 ވަނަ ބައްދަލުވުން  14  އޮކްޓޫބަރ 2014 ގައި އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވިފައިވެ އެވެ.

މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:-

 ރަށްރަށުގެ ވެރިންގެ ބައްދަލުވުމާބެހޭ ގޮތުން މަޝްވަރާ ކުރުން(ރަށު ކައުންސިލްގެ ރައީސުން،ޒިންމާދާރު ވެރިން،ސްކޫލްތަކުގެ ވެރިން )

މިކަން ނިންމެވީ:        އަތޮޅުގެ ރަށްރަށު ވެރިންގެ ބައްދަލުވުން ބޭއްވުމަށާއި، އެ ބައްދަލުވުމަށް ހިނގާނެކަމަށް ލަފާކުރެވޭ -/11460 ރުފިޔާ ކައުންސިލްގެ އާމުދަނީ ބަޖެޓުން ފާސްކުރުމަށް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި. އަދި މި ބައްދަލުވުން ބާއްވާނެ ވަކި ތާރީޚެއް  އޮކްޓޫބަރ މަހުގެ ތެރޭގައި އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކަށް އަންގަވާނޭކަމަށް ނިންމެވި.

އަތޮޅުގޭގެ ވޮޗަރުގެ އެގްރިމެންޓް އާ ކުރުމާމެދު މަޝްވަރާ ކުރުން.

މިކަން ނިންމެވީ:        އަތޮޅުގޭގައި  މިހާރުވެސް ވޮޗަރު  ކަމުގެ މަޤާމު  އަދާކުރަމުންދާ  ވިލިނގިލީ ބުލޫފާރު އަޙުމަދު ރިގާބުގެ އެގްރިމެންޓްގެ މުއްދަތު 3 މަސް ދުވަހަށް އިތުރުކުރުމަށް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

ދެއްވަދޫ ސްކޫލްގެ އަހަރީ އިނާމު ޖަލްސާއަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެދި ހުށަހަޅުއްވާފައިވަތީ އެ ކަމާމެދު މަޝްވަރާ ކުރުން

މިކަން ނިންމެވީ:           އަތޮޅުގެ ސްކޫލްތަކަށް އެހީދިނުމަށް މިހާރު ކަނޑައަޅާފައިވާ އުޞޫލާއެއްގޮތަށް ދެއްވަދޫ ސްކޫލަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ  އެ ސްކޫލަށް ދިނުމަށް ކައުންސިލްގެ އިއްތިފާގުން ނިންމެވި.

ދެއްވަދޫ ރަސްގެފާނު ފުޓްބޯޅަ މުބާރާތަށް އެހީއެއް ހޯދުމަށްއެދި ދެއްވަދޫ ކައުންސިލް އިދާރާއިން ހުށަހަޅުއްވާފައިވާތީ އެ ކަމާބެހޭ ގޮތުން މަޝްވަރާ ކުރުން

މިކަން ނިންމެވީ:               ދެއްވަދޫ ކައުންސިލުން އިސްނަގައިގެން ބާއްވާ ދެއްވަދޫ ރަސްގެފާނު ފުޓްބޯޅަ މުބާރާތަށް އެހީއެއްގެ ގޮތުން  -/3000 ރުފިޔާގެ ދިނުމަށް ކައުންސިލްގެ އިއްތިފަގުން ނިންމެވި.