Nov 09th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅު ކައުންސިލްގެ 33 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

އަތޮޅުކައުންސިލްގެ 33 ވަނަ އާންމުބައްދަލުވުން 28  އޮކްޓޯބަރ 2014 ވަނަ ދުވަހު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބާއްވައިފި އެވެ.

މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:-

2014 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ޕްރޮގްރާމް އަދި ބަޖެޓް ކައުންސިލާ ހިއްސާ ކުރެއްވުމަށް

މިކަން ނިންމެވީ:        މަސްވެރިންގެ  ދުވަހުގެ  ޕްރޮގްރާމަށާއި  އަދި އެކަމަށް ހެދިފައިވާ ބަޖެޓަށް ގެންނަށްޖެހޭ އިސްލާހުތައް ކައުންސިލްގެ ބައްދަލުވުމުން ފާހަގަކޮށްފައިވާތީ އެ އެކަމަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްފަހުދެންއޮންނަ ބައްދަލުވުމަށް ހުށަހަޅައި ފާސްކުރުމަށް.

ވިލިގިލީ އިންޖީނުގެ އަޅާ އާ ބިން ސާފްކުރުމުގެ މަސައްކަތް ކުރުމާމެދު މަޝްވަރާ ކުރުން

މިކަން ނިންމެވީ:           ބިން ސާފްކުރުމަށްޓަކާ އަތޮޅު ކައުންސިލަރުންނާއި އިދާރީ މުވައްޒަފުން މިމަސައްކަތުގައި ބައިވެރިވާނެ ކަމަށާއި، ކައުންސިލުން ދޭންޖެހޭ އެއްބާރުލުން ދޭނެކަމަށް. އަދި އަތޮޅު ކައުންސިލް ތަމްސީލުކުރުމަށްޓަކާ އަތޮޅު ކައުންސިލް މުވައްޒަފުން ވަކިޓީމެއްގެ ގޮތުގައި ތިބިކަން ދައްކުވައިދޭ ވަކި ޓީޝާޓެ ލުމަށް.

ރަށްރަށުގެ ކައުންސިލްތަކަށް ބާއްވާ ލޯކަލްޕްލޭންނިންގ އެންޑް ކްލައިމެޓް ޗޭންޖްގެ މަޢުލޫމާތު ކައުންސިލާ ހިއްސާ ކުރުމަށް

މިކަން ނިންމެވީ:         ރަށްރަށުގެ ކައުންސިލްތަކަށް އަމާޒުކޮށްގެން ބާއްވާ ލޯކަލްޕްލޭން އެންޑް ކްލައިމެޓް ޗޭންޖާއި ބެހޭ މަސައްކަތު ބައްދަލުވުން ބާއްވަން ކުރިން ނިންމަވާފައިވާ ތާރީޚަށް ބަދަލުއައިސް މިހާރު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރ މަހު 5 ން 6 އަށް ކަމަށް އަންގަވާފައިވާ އެކަން ކައުންސިލާ ހިއްސާކުރެއްވީ ކަމަށް.

އަތޮޅުކައުންސިލް އިދާރާގެ ލޯންޗް ދަތުރުކުރާނެ އަގުތައް ކަނޑައެޅިފައިވާތީ އެކަން ކައުންސިލާ ހިއްސާ ކުރެއްވުމަށް.

މިކަން ނިންމެވީ:         ނާއިބުރައިސް މުޙައްމަދު ޚަލީލު އަދި ޒިންމާދާރުވެރިޔާ މުޙައްމަދު ނަޞީރު ޢަލީ އާއި 2 ބޭފުޅުންގެ ޚިޔާލާއި މަޝްވަރާގެ މަތިން  ލޯންޗް ދަތުރުކުރުމަށް ހެދިފައިވާ އަގުތައް އިތުރަށް މުރާޖައާކޮށް ބެލުމަށްފަހު ދެންއޮންނަ ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅައިގެން ފާސްކުރުމަށް.

އަތޮޅު ކައުންސިލް އިދާރާގެ ވޭން ނީލަމުގައި ވިއްކާލުމަށް އިޢުލާން ކުރުމުން ލިބިފައިވާ އެސްޓިމޭޓް ކައުންސިލާއި ހިއްސާކޮށް އެކަމަށް ގޮތެއް ނިންމުމަށް

މިކަން ނިންމެވީ:          އިދާރާގެ ވޭން ނީލަމުގައި ވިއްކާނެ އެންމެ ކުޑައަގެއްގެ ގޮތުގައި  ފެށޭއަގު -/10000 ( ދިހަހާސް ރުފިޔާ ) އަށް ވިއްކާލުމަށްޓަކާ އިޢުލާން ކުރުމުން އެކަމަށްއެދި ހުށަހަޅާފައިވަނީ އިރުމަތީއާގޭ ޝުހޫދު އަޙުމަދު ކަމަށްވާތީ ހުށަހަޅުއްވާފައިވާ އަގަށް -/10000 ( ދިހަހާސް ރުފިޔާ ) އަށް ވޭން  އިރުމަތީއާގޭ ޝުހޫދު އަޙުމަދަށް ދިނުމަށް ބައްދަލުވުމުގައި ބައިވެރި ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

އަތޮޅުކައުންސިލް އިދާރާގެ ކާރު ޑްރައިވަރ ކަމުގެ މަޤާމަށް އިޢުލާން ކުރުމުން އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ މަޢޫލޫމާތު ކައުންސިލާ ހިއްސާ ކުރުމަށް.

މިކަން ނިންމެވީ:          އިދާރާގެ ކާރު ޑްރައިވަރ ކަމުގެ މަޤާމަށް އިޢުލާން ކުރުމުން އެކަމަށް އެދި ހުށަހަޅުއްވާފައިވާ ގއ. ވިލިނގިލީ ތަނޑިރަތްމާގޭ އާޒިފް އައްބާސް އަށް އެމަޤާމް ހަމަޖެއްސުމަށް ބައްދަލުވުމުގައި ބައިވެރި ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.