Nov 09th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅު ކައުންސިލްގެ 34 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

އަތޮޅުކައުންސިލްގެ 34 ވަނަ އާންމުބައްދަލުވުން 05  ނޮވެމްބަރ 2014 ވަނަ ދުވަހު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބާއްވައިފި އެވެ.

މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:-

މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ބަޖެޓް ތަފްޞީލު ފާސްކުރުން

މިކަން ނިންމެވީ:        މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ބަޖެޓް ތަފްޞީލާއި މެދު އަތޮޅު ކައުންސިލްގެ 33ވަނަ ބައްދަލުވުމުން މަޝްވަރާކޮށް ހުށަހެޅިފައިވާ އިސްލާހުތައް،  އިސްލާހު ކުރުމަށްފަހު މަސްވެރިންގެ ދުވަހުގެ  ޕްރޮގްރާމަށާއި  އަދި އެކަމަށް ހެދިފައިވާ ބަޖެޓް -/88125 ރުފިޔާ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރި ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

ގއ. ވިލިނގިލީގައި ފްލެޓް އެޅުމުގެ މަޝްރޫޢުގެ މަސައްކަތާ ގުޅޭގޮތުން ހުށައަޅުއްވާފައިވާ  އީ.އައި.އޭ އެޕްލިކޭޝަން ފޯމާމެދު މަޝްވަރާ ކުރުމަށް އަތޮޅު ކައުންސިލަށް ދަޢުވަތު ދެވިފައިވާތީ އެކަމަށް މާލެ ފޮނުވާނެ ކައުންސިލަކު ހަމަޖެއްސުމަށް.

މިކަން ނިންމެވީ:      ގއ. ވިލިނގިލީގައި ފްލެޓް އެޅުމުގެ  މަޝްރޫޢުގެ  މަސައްކަތާ ގުޅޭގޮތުން ހުށައަޅުއްވާފައިވާ  އީ.އައި.އޭ އެޕްލިކޭޝަން ފޯމާމެދު މަޝްވަރާ ކުރުމުގެ ބައްދަލުވުމަށް ކައުންސިލްގެ ނާއިބު ރައިސް މުޙައްމަދު ޚަލީލު މާލެ ދިއުމަށް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރި ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

ގއ.ދެއްވަމާގަލާ،ގއ. ކެރެދޫގައި ރިސޯރޓް ތަރައްޤީކުރުމާއި ގުޅޭގޮތުން ހުށަހަޅުއްވާފައިވާ އީ.އައި.އޭ އެޕްލިކޭޝަން ފޯމާ މެދު މަޝްވަރާ ކުރުމަށް އަތޮޅު ކައުންސިލަށް ދަޢުވަތު ދެވިފައިވާތީ އެކަމަށް މާލެ ފޮނުވާނެ ކައުންސިލަކު ހަމަޖެއްސުމަށް.

 

މިކަން ނިންމެވީ:      ގއ.ދެއްވަމާގަލާ، ގއ.ކެރެދޫގައި ރިސޯރޓް  ތަރައްޤީކުރުމާއި ގުޅޭގޮތުން ހުށައަޅުއްވާފައިވާ  އީ.އައި.އޭ އެޕްލިކޭޝަން ފޯމާމެދު މަޝްވަރާ ކުރުމުގެ ބައްދަލުވުމަށް ކައުންސިލްގެ ރައިސް ޙުސައިން އާދަމް މާލެ ދިއުމަށް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރި ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.