Nov 10th

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ހިންގަވާ ފައުންޑޭޝަން ސްޓޭޖް ޓްރެއިން ޕްރޮގްރާމް ފަށައިފި

ހުވަދުއަތޮޅުއުތުރުބުރީގެ ހުރިހާރަށެއްގެ ޕްރީސްކޫލްތަކުގެ ޓީޗަރުންނަށް އަމާޒުކޮށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ހިންގަވާ ފައުންޑޭޝަން ސްޓޭޖް ޓްރެއިންގ ޕްރޮގްރާމް ފަށައިގެން ކުރިއަށް އެބަދެއެވެ.

 

މި ޕްރޮގްރާމަކީ ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުހަލާގައި  މުޤައްރަރަށް އަޙުލުވެރިކުރުވުމުގެ ގޮތުން 7 ދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު ހިންގަމުންދަނީ އަތޮޅުކައުންސިލްގެ އިދާރާގައެވެ.

 

މި ޕްރޮގްރާމުގައި މިއަތޮޅުގެ ހުރިހާ ރަށަކުން ޖުމްލަ  30 ބައިވެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.