Nov 19th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅު ކައުންސިލްގެ 36 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ކޮނޑޭ ކައުންސިލް އިދާރާގެ ފައިނޭންސް އޮފިސަރ ރިފާޔަތު ގާސިމް އަތޮޅު ކައުންސިލް އިދާރާގެ ފައިނޭންސް ޑިޕާރޓްމަންޓްގައި މަސައްކަތް ކުރެވޭނެ ގޮތް ހަމަޖެއްސުމަށް އެދިފައިވާތީ އެކަމާމެދު މަޝްވަރާ ކުރުން. 

މިކަން ނިންމެވީ:       ކޮނޑޭ ކައުންސިލް އިދާރާގެ ފައިނޭންސް އޮފިސަރ  ރިފާޔަތު ގާސިމު ޓްރެއިނިންގ ވުމަށްޓަކާ  އަތޮޅު ކައުންސިލް އިދާރާގެ ފައިނޭންސް ޑިޕާރޓްމަންޓްގައި މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރި ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

އަތޮޅު ފުޓްބޯޅަ މުބާރާތުގެ ބަޖެޓް ފާސްކުރުމަށް

މިކަން ނިންމެވީ:        އަތޮޅު ފުޓްބޯޅަ މުބާރާތުގެ އެކިއެކި ކަންކަމަށް ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ބަޖެޓް  ތަފްޞީލްގައިވާ-/19500 ( ނަވާރަހާސް ފައްސަތޭކަ ރުފިޔާ ) ކައުންސިލްގެ އާމުދަނީ ބަޖެޓްން ޚަރަދުކުރުމަށް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރި ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

ދާންދޫ އަންހެނުންނަށް އަމާޒުކޮށްގެން ބާއްވާ ބަށި ޓްރެއިނިންގ ޕްރޮގްރާމަށް ވަޑައިގަންނަވާ ބޭފުޅުން ދާންދުއަށް ގެނައުމުގެ ޕެޓްރޯލް ޚަރަދަށްވާ -/2000 ރުފިޔާގެ އެހީއެއް ހޯދުމަށް އެދި ދާންދޫ ކައުންސިލުން އެދިފައިވާތީ  އެކަމާބެހޭގޮތުން މަޝްވަރާ ކުރުން

މިކަން ނިންމެވީ:        ދާންދޫ ކައުންސިލް އިދާރާއިން  އެހީއަކަށް އެދި ފޮނުއްވާފައިވާ ދާންދޫ އަންހެނުންނަށް އަމާޒުކޮށްގެން ބާއްވާ ބަށި ޓްރެއިނިންގ ޕްރޮގްރާމަށް ވަޑައިގަންނަވާ ބޭފުޅުން ދާންދުއަށް ގެނައުމުގެ  ޕެޓްރޯލް ޚަރަދަށްވާ -/2000 ( ދެހާސް ރުފިޔާ ) ދިނުމަށް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރި ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

އޯކިޑް ލޯންޗަށް ގަތުމަށް ބޭނުންވާ ސަތަރި ގަތުމަށް ހޯދާފައިވާ ކޯޓޭޝަން ކައުންސިލާއި ހިއްސާކޮށް، ސަތަރި ގަތުމަށް އިޢުލާން ކުރުމާމެދު މަޝްވަރާ ކުރުން

މިކަން ނިންމެވީ:         އޯކިޑް ލޯންޗަށް ބޭނުންވާ ސަތަރި ސެޓް ގަތުމަށް  އާއްމުކޮށް އިޢުލާން ކުރުމަށް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރި ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

އޯކިޑް ލޯންޗް އަތޮޅުގެ ރަށްރަށަށް ދަތުރުކުރާނެ އަގުތައް ފައިނަލްކޮށް ފާސްކުރުން. 

މިކަން ނިންމެވީ:        އޯކިޑް ލޯންޗް އަތޮޅުގެ ރަށްރަށަށް ދަތުރުކުރާނެ އަގުތައް ހުށަހަޅުއްވާފައިވާ ގޮތަށް ފާސްކުރުމަށް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރި ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި. އަދި ރޭގަނޑު 6:00 ން 12:00 އާއި ދެމެދު ކުރާ ދަތުރު ތަކަށް އެއަގުގެ %5  ނެގުމަށާއި، ރޭގަނޑު 12:00 ން ހެނދުނު 6:00 އާއި ދެމެދު ކުރާ ދަތުރު ތަކަށް އެއަގުގެ %10 ނެގުމަށާއި، ވިއްސާރަވެ ކަނޑުގަދަ ދުވަސްތަކުގައި ދަތުރު ކުރާނަމަ އެއަގުގެ %10 ނެގުމަށް. އަދި އެ އަގުތައް އިދާރާގެ ވެބްސައިޓް ގައާއި އާމުންނަށް ފެންނާނެ ގޮތަށް ނޯޓިސްބޯޑްގައި ހަރުކުރުމަށް.

ޔުނިސެފުން 27 ނޮވެމްބަރ 2014 ގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް ކައުންސިލާއި ހިއްސާކުރުން

މިކަން ނިންމެވީ:      ޔުނިސެފުން 27 ނޮވެމްބަރ 2014 ގައި އަތޮޅު ކައުންސިލް އިދާރާގެ ހޯލުގައި ބޭއްވުމަށް  ހަމަޖެހިފައިވާ ޕްރޮގްރާމްތައް ރޭވިފައިވާ ގޮތަށް އިންތިޒާމްކޮށް ކުރިއަށް ގެންދިއުމަށް ޒިންމާދާރުވެރިޔާ މުޙައްމަދު ނަޞީރު ޢަލީ އާއި ހަވާލު ކުރެވުނު.