Nov 19th

ދިރާގުގެ 4 ޖީގެ ޚިދްމަތް ގއ.އަތޮޅަށް ލޯންޗްކޮށްފި

ދިރާގުން ފޯރުކޮށްދޭ 4G  ގެ ޚިދްމަތް ތައް މާލެއިން ބޭރުން ފުރަތަމަ ފަހަރަށް ގއ.ވިލިނގިއްޔަށް ދޫކޮށްފިއެވެ.

 

މިކަމަށްޓަކައި ގއ.އަތޮޅުތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ޚާއްޞަ އިވެންޓްގައި ދިރާގުގެ އިސްވެރިންނާއި، ގއ.އަތޮޅުކައުންސިލްގެ މެމްބަރުންނާއި ވިލިނގިލީ ކައުންސިލްގެ މެމްބަރުންގެ އިތުރުން ވިލިނގިލީގެ އެކިއެކި ސެކްޓަރ ތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

 

މި އިވެންޓްގައި ދިރާގުންދޭ އިންޓަރނެޓާއި މޯބައިލް ފޯނުގެ ޚިދްމަތްތަކާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދެވުނެވެ. މި އިވެންޓްގެ ބައިވެރިންނަށް ޚާއްޞަކޮށްގެން ލަކީޑްރޯއެއް ބޭއްވުނެވެ. މީގެ އިތުރުން މި އިވެންޓްގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އަލަށް ތަޢާރަފް ކުރި 4G  ސިމް ހަދިޔާ ކުރުންވެސް ކުރިއަށް ގެންދެވުނެވެ.