Nov 20th

އަތޮޅުކައުންސިލްގެ ރައީސް ވިލިނގިލީ ކައުންސިލްގެ ރައީސް އާއި ބައްދަލުކުރުން

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޙުސައިން އާދަމް ، ގއ.ވިލިނގިލީ ކައުންސިލްގެ ރައީސް ނިޔާޒް ނިޒާރާއި ބައްދަލުކުރައްވައިފި އެވެ.

ދިރާގުގެ 4G ގެ ޚިދްމަތް ތަޢާރަފްކުރި އިވެންޓްގެ ހަވާސާގައި ބޭއްވެވި މި ބައްދަލުވުމުގައި ދެފަރާތުގެ މެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް ވާހަކަދެކެވުނެވެ. އަތޮޅުކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި 23 ނޮވެމްބަރުގައި ވިލިނގިލީގައި ބާއްވާ ގއ.އަތޮޅު ފުޓްބޯޅަ މުބާރާތް ބޭއްވުމުގައި ވިލިނގިލީކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލެއްވުން ބޭނުންވާކަމަށް ވިދާޅުވި އެވެ. އަދި މި މުބާރާތުގެ އިންތިޒާމްތަކުގައި ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް މުބާރާތް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ފަހިކުރުމަށާއި، މުބާރާތް ފަހި މާހައުލެއް ދެފަރާތުންބައިވެރިވެ ޤާއިމުކުރުމަށް ބާރު އެޅުއްވި އެވެ. މީގެ އިތުރުން 27 ނޮވެމްބަރގައި ޔުނިސެފްގެ ފަރާތުން ވިލިނގިލީގައި ބާއްވާ ޙަރަކާތްތަކާމެދުވެސް މަޢުލޫމާތު ހިއްސާ ކުރެވުނެވެ.

ވީލިނގިލީ ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި ވިލިނގިލިން ވަރަށް ފުރިހަމަ އެއްބާރުލުމަކާއި، އެހީތެރިކަމެއް އަތޮޅު ފުޓްބޯޅަ މުބާރާތް ބޭއްވުމުގައި ދެއްވާނެކަމަށް ވިދޅުވި އެވެ.