Nov 26th

ގއ. އަތޮޅު ފުޓްބޯޅަ މުބާރާތް ފެށިއްޖެ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ގއ. އަތޮޅު ކައުންސިލް ގުޅިގެން އިންތިޒާމުކުރާ ގއ. އަތޮޅު ފުޓްބޯޅަ މުބާރާތް ފެށިއްޖެ އެވެ. 20 ނޮވެމްބަރުން 24 ނޮވެމްބަރ ގެ ނިޔަލަށް ގއ. ވިލިނގިލީ ސްޓޭޑިއަމްގައި ކުރިޔަށްދާ މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެފައި ވެއެވެ. ވިލިނގިލީގެ ދެ ޓީމެއްގެ އިތުރުން ގއ. ދާންދޫ ޓީމަކާއި ގއ. ނިލަންދޫ ޓީމެއް ބައިވެރިވެފައިވާ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗްގައި ކުޅުނީ ދާންދޫ [މެސްކް] ޓީމާއި ވިލިނގިލީ ވީ.އާރ.ސީ އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުން ދާންދޫ [މެސްކް] ޓީމުގެ ކޮޅަށް 2 ގޯލްޖަހައިގެން މޮޅުވީ ވިލިނގިލީ ވީ.އާރ.ސީ ޓީމެވެ.