Jan 26th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅު ކައުންސިލްގެ 37 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 37 ވަނަ ބައްދަލުވުން 25 ނޮވްމެބަރ 2014 ވަނަ ދުވަހު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ވަނީ ބާއްވާފައެވެ.
މި ބައްދަލުވުމުން ނިންމުނު ކަންތައްތަކަކީ:

ދެއްވަދޫ ރަސްގެފާނު ހަނދާނީ ވާއިގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ، ބަށި މުބާރާތުގެ އިންތިޒާމްގެ މަސައްކަތް ކުރުމަށްޓަކައި ނޮވެމްބަރ މަހު 28 ން 12 ޑިސެމްބަރ 2014 އަށް ކައުންސިލަ މުޙައްމަދު ސަވާދު ދޫކޮށްދެއްވުމަށް އެދި ދެއްވަދޫ ކައުންސިލުން ހުށަހަޅާފައިވާތީ އެކަމާ މަޝްވަރާ ކުރުން.
މިކަން ނިންމެވީ: ދެއްވަދޫ ރަސްގެފާނު ހަނދާނީ ވާއިގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ، ބަށި މުބާރާތުގެ އިންތިޒާމްގެ މަސައްކަތް ކުރުމަށްޓަކައި ނޮވެމްބަރ މަހު 28 ން 12 ޑިސެމްބަރ 2014 އަށް ކައުންސިލަ މުޙައްމަދު ސަވާދު ދޫކޮށް ދެއްވުމާމެދު އިޢުތިރާޟެއް ނެތްކަމަށް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފުރަތަމަ ރީޖަނަލް އޮފީސް ” ސަދަން ރީޖަނަލް އޮފީސް” ހުޅުވުމުގެ ރަސްމިއްޔާތަށް ކައުންސިލަރުންނަށް ދަޢުވަތު ދެއްވާފައިވާތީ އެކަމާބެހޭ ގޮތުން މަޝްވަރާކުރުމަށް.
މިކަން ނިންމެވީ: ސަދަން ރީޖަނަލް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށްޓަކައި ކައުންސިލަރުންނަށް ދަޢުވަތު ދެއްވާފައިވާތީ އެތާރީޚަށް އައްޑޫ ސިޓީ ހިތަދޫ އަށް ދިއުމަށާއި އަދި އެދަތުރުގެ ޚަރަދުތައް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ހަމަޖައްސައި ނުދެއްވައިފިނަމަ ކައުންސިލްގެ އާމުދަނީ ބަޖެޓުން ޚަރަދުކޮށް އެރަސްމިއްޔާތުގައި ބައިވެރިވުމަށް ސ. ހިތަދުއަށް ދިއުމަށް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.
ފެރީނިޒާމްގެ ތެރެއިން ކާގޯ ފެރީއެއް ބާއްވައި ދެއްވުމަށް އެދި ގެމަނަފުށީ ކައުންސިލުން އެދިފައިވާތީ އެކަމާއި ބެހޭގޮތުން މަޝްވަރާ ކުރުން
މިކަން ނިންމެވީ: އަތޮޅު ތެރޭގެ ރަށްރަށް ކާގޯ ފެރީއެއް ބޭއްވުމާއި މެދު މަޝްވަރާ ކުރުމަށްޓަކާ ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ އިސްވެރިންނާއި އެކު ބައްދަލުވުމެއް ބޭއްވުމަށް މާދަމާ 26 ނޮވެމްބަރ 2014 ވަނަ ދުވަހު ކޫއްޑޫއަށް ދިއުމަށް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.
އަތޮޅު ކައުންސިލް އިދާރާގެ އެކަފަރު ދޯނި، އޯކިޑް ލޯންޗްގެ ފަޅުވެރިން ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން އެކަމަށް އެދިފައިވާ މީހުންގެ މަޢުލޫމާތު ހިއްސާކުރުމަށް
މިކަން ނިންމެވީ: އޯކިޑް ލޯންޗްގެ ފަޅުވެރި ކަމުގެ މަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން އެކަމަށް އެންމެ އެކަށީގެންވާ ފަރާތަކީ މިހާރުވެސް ލޯންޗްގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ތަރިވިދާގޭ ޖަޒްލާން ރާޝިދު ކަމަށްވާތީ ކޮންޓްރަކްޓް އުޞޫލުން ވަޒީފާދިނުމަށް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި. އެކަފަރު ދޯނީގެ ފަޅުވެރި ކަމުގެ މަޤާމަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުގެ ތެރެއިން އެކަމަށް އެންމެ އެކަށީގެންވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އަލުން އިޢުލާން ކުރުމަށް.
ސަރުކާރުގެ އެކިއެކި ވުޒާރާތަކުން އަންނަ ވަފުދުތަކާއި، ޖަމްޢިއްޔާ ތަކުންހިންގާ ވޯރކްޝޮޕް ފަދަ ކަންކަމަށް ބާއްވާ ކެއްކުންތަކަށް އިޢުލާންކޮށްގެން ކުރިއަށް ގެންދިއުމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް
މިކަން ނިންމެވީ: އެފަދަ ކަންތައްތައް ކުރުމަށް އޮންނަ އުޞޫލާއެއްގޮތަށް އިޢުލާންކޮށްގެން ކުރިއަށް ގެންދިއުމަށް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.