Mar 01st

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅު ކައުންސިލްގެ 46 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

 

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ  46 ވަނަ ބައްދަލުވުން 10 ފެބްރުއަރީ 2015 ގައި އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:

 

 

 

46 ވަނަ ބައްދަލުވުންގެ އެޖެންޑާ ފާސްކުރުން.

 

   ބައްދަލުވުމުގެ އެޖެންޑާއަށް އެއްވެސް އުނިއިތުރެއް ގެންނަވަން ބޭނުންފުޅުތޯ ރިޔާސަތުން އެއްސެވުމުން، އަތޮޅުތެރެއަށް ކުރާ ދަތުރު ޝެޑިއުލްގައިވާ ގޮތަށް ދަތުރު ނުކުރެވިވާތީ، ވީހާ އަވަހަކަށް ދަތުރުކޮށް ނިންމުމާމެދު މަޝްވަރާ ކުރުމަށް ނާއިބު ރައިސް މުޙައްމަދު ޚަލީލު ހުށަހަޅުއްވާފައިވާތީ އެކަން އެޖެންޑާ ކުރުމަށާއި، އިންޝުއަރެންސް ދިނުމަށް ހަދާ ވިޔަފާރި ހުއްދައަށް ނަމެއް ފާސްކުރުމަށް ކައުންސިލަރ ސަޢުދުﷲ ރަޝީދު ހުށަހަޅުއްވާފައިވާތީ އެކަން އެޖެންޑާ ކުރުމަށްފަހު، އެޖެންޑާ ފާސްކުރުމަށް ފެނިވަޑައިގަންނަވާތޯ ވޯޓަށް އެއްސެވުމުން ކައުންސިލަރުންގެ އިއްތިފާޤުން އެޖެންޑާ ފާސްކުރެވުނު.

45 ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން

މިކަން ނިންމެވީ:           ޔައުމިއްޔާ ފާސްކުރުމަށް ރިޔާސަތުން ހުށަހެޅުން ޔައުމިއްޔާ އަށް އުނިއިތުރެއް އެއްވެސް ކައުންސިލަރަކު ހުށަހަޅުއްވާފައިނުވާތީ 45 ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރެވުނު.

ކައުންސިލްގެ ރައިސް އަހަރީ ޗުއްޓީއަށް އެދިފައިވާތީ ޗުއްޓީ ހަމަޖެއްސުމަށް

މިކަން ނިންމެވީ:           12 މާރޗް 2015 ވަނަ ދުވަހުން ފެށިގެން ރައީސް ޙުސައިން އާދަމް އަހަރީ ޗުއްޓީ ނެންގެވުމާއި މެދު އިޢުތިރާޟެއް ނެތްކަމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

ދެކުނު 4 އަތޮޅުގެ ބައްދަލުވުމުގައި ގއ.އަތޮޅުން  ހުށަހަޅާނެ ކަންކަން ކަނޑައެޅުން ( ޏ.އަތޮޅު 19-22 ފެބުރުއަރީ2015)  ފޯކަލް ޕޮއިންޓެއް ކަނޑައެޅުން.

 މިކަން ނިންމެވީ:        ދެކުނު 4 އަތޮޅުގެ ބައްދަލުވުމަށް ކައުންސިލަރުން ހުށަހަޅަން ބޭނުންވާ ކަންތައްތައް ނޯޓް ކުރުމަށްފަހު ދެންއޮންނަ ކައުންސިލްގެ ބައްދަލުވުމަށް ހުށަހެޅުމަށް.

އަތޮޅުތެރެއަށް ކުރާ ދަތުރު ޝެޑިއުލްގައިވާ ގޮތަށް ދަތުރު ނުކުރެވިވާތީ، ވީހާ އަވަހަކަށް ދަތުރުކޮށް ނިންމުމާމެދު މަޝްވަރާ ކުރުން

 މިކަން ނިންމެވީ:           އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން ދަތުރު ނުކުރެވި ހުރި ރަށްތަކަށް ފެބުރުއަރީ 12،11 މި ދެ ދުވަހު ދަތުރުކުރުމަށް. އަދި މި ދަތުރުގެ ޝެޑިއުލް ހެދުމަށްފަހު އެ ރަށްރަށަށް ފޮނުވުމަށް.

އިންޝުއަރެންސް ދިނުމަށް ހަދާ ވިޔަފާރި ހުއްދައަށް ނަމެއް ފާސްކުރުމަށް

 މިކަން ނިންމެވީ:         މިކަމާބެހޭ މަޢުލޫމާތު މުވައްޒަފުންނަށް ފޯރުކޮށްދެއްވައި،  ވިޔަފާރި ހުއްދައަށް ދިނުމަށް އެކަށީގެންވާ ނަމެއް އިދާރާގެ މުވައްޒަފުންގެ ޚިޔާލާއި އެއްގޮތަށް ހޯދުމަށްފަހު ކައުންސިލްގެ ބައްދަލުވުމަށް ހުށަހެޅުމަށް.