Mar 02nd

ދެކުނު މަހާސިންތާގެ ނަމުގައި ދެކުނުގެ 4 އަތޮޅުގެ ކައުންސިލް ގުޅިގެން ފުވައްމުލަކުގައި މަހާސިންތާއެއް ބާއްވައިފި

 

އައްޑޫއާއި ފުވައްމުލަކު އަދި ގއ، ގދ ގެ އަތޮޅުގެ ކައުންސިލްތައް ގުޅިގެން ފެބްރުއަރީ 26 ން 27 އަށް ފުވައްމުލަކުގައި މަހާސިއްތާއެއް  ބާއްވައިފިއެވެ.

 

މި މަހާސިންތާއަށް މި 4 އަތޮޅުން 4 ކަރުދާހެއް ހުށަހަޅައި ވަރަށްފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައިވެއެވެ. މި ގޮތުން ހުށަހެޅުނު ކަރުދާހުގެތެރޭގައި ހިމެނޭ  ކަންތައްތަކަކީ:-

 

  • އިދާރީ ހިންގުމަށް ދިމާވެފައިވާ ގޮންޖެހުންތައް .
  • ލާމަރުކަޒީ އުސޫލުން ޤާނޫންނަމްބަރ 2010/7 އާއެއްގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައްހިންގުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް
  • އަތޮޅުގައި ހުރި ބިންބިމާއި، ފަޅުތަކުގެ ޤާނޫނީ ބާރުވެރިކަން އަތޮޅުކައުންސިލްތަކާ ޙަވާލުކުރުން.
  • އަތޮޅުގައި ހިންގަމުންދާބޮޑެތި މަޝްރޫޢުތަކުން އަތޮޅަށް ލިބެންޖެހޭ މަންފާ ނުލިބުމުގެ މައްސަލަ
  • އަތޮޅުފެރީ ނިޒާމް ހަރުދަނާކުރުން
  • އާމްދަނީ ލިބޭ ވަސީލަތްތައް މަދުވުން
  • ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އަމާޒްކޮށް ހިންގޭ ސެންކްލާސްތަކުގެ ހިންގުން ހަރުދަނާކުރުން
  • މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ރައްޔިތުންނަށް އާމްދަނީ ނުލިބޭ މައްސަލަ
  • އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުން
  • ލާމަރުކަޒީ ނިޒާމް ދެމެހެއްޓުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުން
  • ދަތުރުފަތުރު ކުރުމަށް ހުރި ދަތިތައް
  • މަހާސިންތާގެ އިދާރީ ނިޒާމް ހަރުދަނާކުރުން
  • ދެވަނަ މަހާސިންތާއެއް ބާއްވާނެ ތަނެއް ކަނޑައެޅުން

 

 މި މަހާސިންތާގައި ލާމަރުކަޒީ އުސޫލުން ޤާނޫންނަމްބަރ 2010/7 އާއެއްގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައްހިންގުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން މިއަތޮޅުން ކަރުދާހެއް ހުށަހަޅައި މަޝްވަރާކުރެވިފައިވެ އެވެ.

 

މި މަހާސިންތާގެ ބޭނުމަކީ ބޮޑު އާބާދީއެއް އުޅޭ ދެކުނުގެ 4 އަތޮޅު އެއް އަމާޒަކަށް މިސްރާބުޖަހައި ގުޅިގެން މަސައްކަތްކުރުންކަމަށާއި،ލާމަރުކަޒީ ޤާނޫނު ހިމާޔަތްކޮށް ދެމެހެއްޓުމެވެ. މި މަހާސިންތާއިން ކޮންމެ އަހަރަކު 1 ފަހަރު ހުރިހާ ކައުންސިލްތައް އެއްތަންވެ  ގުޅިގެން ބޭއްވުމަށް ނިންމަވާ މިއަހަރުގެ ބައްދަލުވުން ގއ.އަތޮޅުގައި ބޭއްވުމަށް ވަނީ ނިންމަވާފައެވެ.