Mar 29th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅު ކައުންސިލްގެ 51 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ  51 ވަނަ ބައްދަލުވުން 17 ފެބްރުއަރީ 2015 ގައި އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:

 

އެކަފަރު ދޯނީގެ މަރާމާތާއި ބެހޭގޮތުން މަޝްވަރާ ކުރުން

މިކަން ނިންމެވީ:           އެކަފަރު ދޯނީގައި އިތުރަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ހައްލުކުރެވޭނެ ގޮތަކާއި  ބެހޭގޮތުން މިހާރު މަސައްކަތް ޙަވާލުކޮށްފައިވާ ރަޝީދު އަޙުމަދާއި ވާހަކަ ދެއްކުމަށްފަހު، މާލިއްޔަތު ޤާނޫނުގައިވާ ގޮތުގެ މަތިން މިހާރު ޙަވާލުކޮށްފައިވާ މަސައްކަތުގެ %10 އަށް ވުރެ އިތުރު ނުވާނަމަ މަސައްކަތް އެފަރާތާއި ޙަވާލުކުރުމަށް. އަދި މިކަން މިގޮތަށް ކުރިއަށް ގެންދެވިދާނެތޯ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ލަފާއަކަށް އެދި ސިޓީއެއް ފޮނުއްވުމަށް ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައި ގެންނެވި ކައުންސިލްގެ އިއްތިފާގުން ނިންމެވި.

އަތޮޅުތެރޭ ރަށްރަށަށް ކުރެއްވި ދަތުރުގެ ރިޕޯޓް ކައުންސިލަށް ހުށަހެޅުން

 މިކަން ނިންމެވީ:           ދަތުރު ރިޕޯރޓް ބައްދަލުވުމަށް ލިބިފައިނުވާތީ މިމައްސަލަ ކުރިއަށް ގެންދެވިފައި ނުވެއެވެ.

 

އަތޮޅު ކައުންސިލް އިދާރާގެ އިމާރާތުގައި ކުރަންހުރި މަރާމާތްތައް ކުރުމަށް ކުރި އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އެސްޓިމޭޓްތައް ކައުންސިލާއި ހިއްސާ ކުރުމަށް.

 މިކަން ނިންމެވީ:        ހުށަހަޅުއްވާފައިވާ އެސްޓިމޭޓްތައް އިވެލުއޭޝަން ކޮމިޓީން ބެލުމަށްފަހު، ކޮމިޓީގެ ރިޕޯޓާއި ޔައުމިއްޔާ ދެންއޮންނަ ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅައިގެން ފާސްކުރުމަށް.

 

އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގޮތުން މަޝްވަރާ ކުރުން.

 މިކަން ނިންމެވީ:          ސަދަން އެޓޮލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ދެކުނުގެ 4 އަތޮޅުގެ ތަރައްޤީގެ މަޝްރޫއުތަކަށް ދެއްވާފައިވާ ފައިސާގެ ތެރެއިން މިއަތޮޅަށް ލިބިފައިވާ 1މިލިއަށް ރުފިޔާގެ ތެރެއިން 5 ލައްކަ ރުފިޔާ އަތޮޅުގެ ރަށްރަށަށް ދިމާވާ ކުއްލި ހާދިޘާ ތަކަށާއި، ރަށްރަށުން ހުށަހަޅާ އެކިއެކި ހަރަކާތްތަކަށާއި، އެކިއެކި މަރާމާތްތަކަށް ޚަރަދު ކުރުމަށް ބެހެއްޓުމަށްފަހު، ބާކީ 5 ލައްކަ ރުފިޔާ އަތޮޅުގެ ރަށްރަށުގެ އިޖުތިމާޢީ ތަރައްޤީގެ މަޝްރޫޢުތަކަށް ރަށްރަށުގެ އާބާދީގެ ނިސްބަތުން ބެހުމަށްފަހު އެރަށްރަށުގެ ކައުންސިލްތަކާއި  ޙަވާލު ކުރުމަށް  ބައްދަލުވުމުގައި ބައިވެރިވެވަޑައި ގެންނެވި ކައުންސިލްގެ އިއްތިފާގުން ނިންމެވި.

އަތޮޅު ގުރުޢާން މުބާރާތާއި ބެހޭގޮތުން މަޝްވަރާ ކުރުން

 މިކަން ނިންމެވީ:        އަތޮޅު ގުރުޢާން މުބާރާތް ބޭއްވުމަށް ހިނގާނެ ޚަރަދުގެ ތަފްޞީލާއި، ބައިވެރިންގެ ދަތުރު ޝެޑިއުލް ހެދުމަށްފަހު ދެންއޮންނަ ބައްދަލުވުމަށް ހުށަހެޅުމަށް.

އަތޮޅުގެ ސިއްޙީމަރުކަޒު ތަކަށާއި، ހެލްތު ޕޯސްޓްތަކަށް ތަކެތި ހަދިޔާ ކުރުމުގެ ޕްރޮގްރާމް ކުރިއަށް ކުރިއަށްގެންދާނެ ގޮތާއިބެހޭގޮތުން މަޝްވަރާ ކުރުން.

 މިކަން ނިންމެވީ:          އަތޮޅުގެ ސިއްޙީމަރުކަޒު ތަކަށާއި، ހެލްތު ޕޯސްޓްތަކަށް ބޭނުންވާ ބައެއްތަކެތި ހަދިޔާ ކުރުމަށްބޭނުންވާތީ މިނިސްޓްރީ އޮފް ހެލްތު މެދުވެރިކޮށް ގަތުމަށް ބޭނުންވާ ތަކެތީގެ އަގު ހޯދުމަށްފަހު، އެ އަގުތަކުގެ ތަފްޞީލް ކައުންސިލަށް ހުށަހެޅުމަށްފަހު ފާސްކުރުމަށް.

ދެކުނު 4 އަތޮޅުގެ އެއްބަސްވުން

މިކަން ނިންމެވީ:         ދެކުނު 4 އަތޮޅުގެ ކައުންސިލުން 26-27 ފެބުރުއަރީ 2015 ގައި އައްޑޫ ސިޓީގައި ބޭއްވި ދެކުނު މަހާސިންތާއިން ނިމުނު ތޫނޑު އެއްބަސްވުން ރަށްރަށުގެ ކައުންސިލް އިދާރާތަކަށް ފޮނުވުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައި ގެންނެވި ކައުންސިލްގެ އިއްތިފާގުން ނިންމެވި.

މިނިވަން 50 ގެ ހަރަކާތައް ކުރިއަށް ގެންދިއުމާއި ބެހޭގޮތުން މަޝްވަރާ ކުރުން

މިކަން ނިންމެވީ:         މިނިވަން 50 ގެ ހަރަކާތްތަކާއި  ގުޅިގެން  ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް މިއިދާރާއިން ފޯކަލްޕޮއިންޓެއްގެ ގޮތުގައި ކައުންސިލަރ ސަޢުދުﷲﷲ ރަޝީދު ހަމަޖެއްސުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައި ގެންނެވި ކައުންސިލްގެ އިއްތިފާގުން ނިންމެވި.

އޯކިޑްލޯންޗް މަރާމާތް ކުރުމާއިބެހޭ ގޮތުން މަޝްވަރާ ކުރުން

މިކަން ނިންމެވީ:           އޯކިޑް ލޯންޗްގެ  އިންޖީނުގެ  ޓޭންކުން  ތެޔޮ  ލީކުވަމުންދާތީ،  ޓޭންކް  މަރާމާތް  ކުރާނެފަރާތެއް ހޯދުމަށްފަހު، މި މަސައްކަތް ކުރެވޭނެ އަގެއް ހޯދުމަށްފަހު ކައުންސިލަށް ހުށަހެޅުމަށް.

އަތޮޅު ކައުންސިލް އިދާރާއަށް ގަތުމަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމުތަކާއި ބެހޭގޮތުން މަޝްވަރާ ކުރުން

މިކަން ނިންމެވީ:           ލޯކަލްގަވަރުމަންޓް އޮތޯރިޓީ މެދުވެރިކޮށް އިދާރާއަށް ގަތުމަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް އިޢުލާންކޮށް އެކަން ކުރިއަށް ގެންދިއުމަށް

ގއ. ވިލިނގިލީ ކައުންސިލްގެ 2014 ވަނަ އަހަރުގެ 15ވަނަ އާންމު ބައްދަލުވުމުން ނިންމަވާފައިވާ ލިޔެކިއުންތައް ބަދަލު ކުރިމައްސަލަ ބެލުމާއި ބެހޭގޮތުން މަޝްވަރާ ކުރުން

މިކަން ނިންމެވީ:            ހުށަހަޅާފައިވާ މައްސަލަ ހިމެނޭގޮތަށް ވިލިނގިލީ ކައުންސިލް އިދާރާ މޮނިޓަރ ކުރުމަށްޓަކާ މިއިދާރާއިން 3 ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ހަމަޖެއްސުމަށްފަހު ވީހާވެސް އަވަހަކަށް އެމަސައްކަތް ނިންމުމަށް. އަދި މޮނިޓަރ ކުރުމަށްފަހު ފާހަގަ ކުރެވޭ ކަންތައްތައް ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށް ހުށަހެޅުމަށް.

މޮނިޓަރިންގ ކޮމިޓީގައި ހިމެނިވަޑައި ގަންނަވާ ބޭފުޅުންނަކީ:

1-      މުޙައްމަދު ނަޞީރު ޢަލީ      ޑިރެކްޓަރ

2-      އަޙުމަދު ޙަސަންދީދީ       އެސިސްޓެންޓް ޑިރެކްޓަރ

3-      ޢަލީ އިބުރާހިމް           އެސިސްޓެންޓް ރިސާރޗް އޮފިސަރ

އަތޮޅުކައުންސިލްގެ ހިންގާ ގަވާއިދަށް ގެނެވިފައިވާ އިސްލާހުތައް ފާސްކުރުމަށް

މިކަން ނިންމެވީ:        ކައުންސިލްގެ ހިންގާ  ގަވާއިދަށް ގެނެވިފައިވާ  އިސްލާހުތައް ގަވާއިދަށް އިތުރުކޮށް، ގަވާއިދު އެއްކޮށް ދެންއޮންނަ ބައްދަލުވުމަށް ހުށަހަޅައި ފާސްކުރުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައި ގެންނެވި ކައުންސިލްގެ އިއްތިފާގުން ނިންމެވި.