Mar 29th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅު ކައުންސިލްގެ 52 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ  52 ވަނަ ބައްދަލުވުން 19 މާރޗް 2015 ގައި އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:

 

އެކަފަރު ދޯނީގައި އިތުރަންކުރަންޖެހޭ މަރާމާތްތައް ކުރުމަށް އިޢުލާން ކުރުން

މިކަން ނިންމެވީ:            އެކަފަރު  ދޯނީގައި  އިތުރަން  ކުރަންޖެހޭ މަރާމާތްތައް ކުރާނެ ފަރާތެއް ހޯދުމަށް އާއްމުކޮށް އިޢުލާންކޮށް ކުރިއަށް ގެންދިއުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައި ގެންނެވި ކައުންސިލްގެ އިއްތިފާގުން ފާސްކުރެވުނު.

އަތޮޅުގެ ރަށްރަށުގެ އިޖުތިމާއީ ތަރައްޤީގެ މަޝްރޫޢުތަކަށް މާލީ އެހީ ދިނުމުގެ ސަޕްލިމެންޓްރީ އަދި ކޮންޓިންޖެންސީ ބަޖެޓް ފާސްކުރުން

މިކަން ނިންމެވީ:     ސަދަން އެޓޮލްސް ޑިވެލޮޕްމަންޓް އޮފީހުގެ ފަންޑުން ގއ.އަތޮޅަށް ލިބުނު -/1،000،000                  ( އެއްމިލިއަށް ރުފިޔާގެ ) ތެރެއިން -/500،000 ( ފަސްލައްކަ ރުފިޔާ ) އަތޮޅުގެ ރަށްރަށުގެ އިޖުތިމާޢީ ތަރައްޤީގެ މަޝްރޫޢުތަކަށް ޚަރަދު ކުރުމަށާއި، އަދި އަނެއް -/500،000 ( ފަސްލައްކަ ރުފިޔާ ) އަތޮޅު ކައުންސިލްގެ އަހަރީ ހަރަކާތްތަކަށާއި، އަތޮޅުގަ ހިނގާފާނެ ކޮންމެހެން ކުރަންޖެހޭނެ ފަދަ ކަންކަމަށް ކަނޑައަޅާ ކޮންޓިންޖެންސީ ބަޖެޓްގެ ގޮތުގައި އަތޮޅުކައުންސިލް އިދާރާގައި ބެހެއްޓުމަށާއި، 2015 ވަނަ އަހަރު އަތޮޅުގެ ރަށްރަށުގެ އިޖުތިމާޢީ ތަރައްޤީގެ މަޝްރޫޢުތަކަށް މާލީ އެހީދިނުމުގެ އުޞޫލާއި، 2015 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓް-/1،000،000 (އެއްމިލިއަށް ރުފިޔާ)  ބައްދަލުވުމުގައި ބައިވެރިވެވަޑައި ގެންނެވި ކައުންސިލްގެ އިއްތިފާގުން ފާސްކުރެވުނު.

އެސިސްޓެންޓް ޑިރެކްޓަރ އަދި އެކަފަރު ދޯނީގެ ފަޅުވެރި ކަމުގެ މަޤާމް އިޢުލާން ކުރުމަށް

 މިކަން ނިންމެވީ:           އަތޮޅު ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަޤާމަށާއި، އެކަފަރު ދޯނީގެ ފަޅުވެރި ކަމުގެ މަޤާމު ލަސްވެގެން އަންނަ  އާދީއްތަ ދުވަހު އިޢުލާން ކުރުމަށް. އަދި މި މަޤާމު ތަކާއިބެހޭ ގޮތުން ސިވިލްސާރވިސް ކޮމިޝަނަށް ސިޓީއެއް ފޮނުއްވުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައި ގެންނެވި ކައުންސިލްގެ އިއްތިފާގުން ނިންމެވި.

ގެމަނަފުށީ ޓޫމައިފްރެންޑްސް އަދުނާނު ޙަސަން ހައިކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލާގައި އަތޮޅު ކައުންސިލް އިދާރާއިން ޖަވާބުދާރީވާނެ މީހަކު ހަމަޖެއްސުމަށް

 މިކަން ނިންމެވީ:           މިއީ ދައުލަތާއި  ގުޅުންހުރި  މައްސަލައަކަށްވާތީ  މިމައްސަލައާއި  ބެހޭގޮތުން  އެޓާނީޖެނަރަލް އޮފީހުގެ ލަފަޔަކަށް އެދި ސިޓީއެއް ފޮނުއްވުމަށް. އަދި އެއޮފީހުން މިމައްސަލައަށް ހައިކޯޓްގައި ވަކާލާތުކުރާނެ ވަކީލަކު ހަމަޖައްސައިދިނުމަށް ދެންނެވުމަށް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.