Nov 30th

އަތޮޅުވޮލީ މުބާރާތް 2015 ބާއްވައިފި

ގއ.އަތޮޅުކައުންސިލުން އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން އިންތިޒާމްކުރި ގއ.އަތޮޅުވޮލީ މުބާރާތް 2015 ބާއްވައިފި އެވެ.

 އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަންގައި ޓީމްތައް ބައިވެރިވި މި މުބާރާތް ބޭއްވީ އޮކްޓޯބަރ މަހުގެ 18 ން 26 އަށް ގއ.ވިލިނގިލީގައެވެ.

 

އަންހެން ޑިވިޝަންގައި ކޮނޑޭ، ނިލަންދޫ، ވިލިނގިލީގެ ޓީމްތައް ބައިވެރިވި އިރު، ފިރިހެން ޑިވިޝަންގައި ދާންދޫ، ނިލަންދޫ، ގެމަނަފުށީގެ އިތުރުން ވިލިނގިލިން ޓީމްތައް ބައިވެރިވި އެވެ.

ފިރިހެން ޑިވިޝަންގެ  ޗެމްޕިއަންޓީމަކަށް -25000 (ފަންސަވީސް ހާސް ) ރުފިޔާ ހުށަހެޅިފައިވާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ގެމަނަފުށީ “ދަންމަރު ” ޓީމެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ވިލިނގިލީ އަންހެނުންގެ ޓީމެވެ.

އަންހެން ޑިވިޝަންގެ  ޗެމްޕިއަން ޓީމަށް -/20000 (ވިހިހާސް ) ރުފިޔާ ހުށަހެޅިފައިވާއިރު، ރަނަރަޕް ޓީމަކަށް 10000(ދިހަހާސް) ހުށަހެޅިފައިވެއެވެ. އަދި ފިރިހެން ޑިވިޝަންގެ ރަނަރަޕް ޓީމަށް 12000 (ބާރަހާސް ) ރުފިޔާ ހުށަހެޅިފައެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ރަނަރަޕް ކަން ހޯދީ 2014 ވަނަ އަހަރުގެ ވެސް ރަނަރަޕް “ދާންދޫ ސްޕޯރޓްސް ކްލަބް ” ގެ ޓީމެވެ.

 

އަންހެން ޑިވިޝަންގެ ރަނައަޕް ޓީމަކީ 2014 ވަނަ އަހަރުގެ ރަނަރަޕް ޓީމް ކޮނޑޭ އަންހެނުންގެ ޓީމެވެ.