Nov 30th

ހުވަދުއަތޮޅުއުތުރުބުރީ ދެވަނަ އަތޮޅު ކައުންސިލްގެ 75 ވަނަ ބައްދަލުވުމުން

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 75ވަނަ ބައްދަލުވުން      01 ސެޕްޓެމްބަރ އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަން

ބޭއްވިފައިވެއެވެ. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:-

އެކެފަރުދޯނީގެ އިންޖީނު މަރާމާތުކުރުމަށްޓަކައި MTCC އިން ސްޕެއަރޕާރޓްސް ގަތުމަށް ބޭނުންވާ ފައިސާ އާއި އިންޖީނު މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ޚަރަދުކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރުން

މިކަން ނިންމެވީ:           އެކެފަރުދޯނީގެ އިންޖީނުގެ ސްޕެއަރޕާރޓްސް އެމްޓީސީސީ އިން ގަތުމަށް ފިނޭންސް މިނިސްޓްރީންވެސް ހުއްދަ ދެއްވާފައިވުމާއި އަދި އެކަމަށް ހިނގާ ޚަރަދު އަތޮޅު ކައުންސިލަށް ދެއްވާފައިވާ ބަޖެޓުގެ ތެރެއިން ކުރުމަށްފަހު ފައިސާ އިތުރުކުރަން ހުށަހެޅުމުން ފިނޭންސް މިނިސްޓްރީން ފައިސާ ދޫކުރައްވާނެ ކަމުގައި އަންގަވާފައިވާތީ އެކެފަރު ދޯނީގެ ސްޕެއަރޕާޓްސް އެމްޓީސީސީ އިން ގަތުމަށާއި އަދި ސްޕެއަރޕާޓްސް ގަތުމުގެ ކަންތައްތައް ކުރިޔަށް ގެންދާއިރު އިންޖީނު މަރާމާތުކުރުމަށް ގަވައިދާއި އެއްގޮތަށް އިއުލާންކޮށްގެން މަސައްކަތް ކުރާނެ ފަރާތެއް ހޯދާ މަރާމާތުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ފެންނަކަމަށް މެމްބަރުންގެ އިއްތިފާޤުން ނިންމަވާފައިވެއެވެ.

 

އަތޮޅުކައުންސިލް އިދާރާގެ ސާވަރ އަކަށް ބޭނުންކުރާ ކޮމްޕިއޓަރ ހަލާކުވެފައިވާތީ އޭގެ ބަދަލުގައި ކޮމްޕިއުޓަރެއް ހޯދުމާއި ބެހޭގޮތުން މަޝްވަރާ ކުރުން

މިކަން ނިންމެވީ:          ސާވަރ ގައި ބޭނުންކުރާ ކޮމްޕިއުޓަރ ހަލާކުވެފައިވާތީ އެކަން ބެލި ބެލުމުގައި ސާވަރ އިން 2 ކާޑް ހަލާކުވެފައިވާތީ އަލުން ސާވާއެއް ގަތުން މުހިއްމުކަމަށާއި އެހެންކަމުން މާލިއްޔަތު ގަވައިދާއި އެއްގޮތަށް އެންސީއައިޓީން ގަބޫލުކުރާ ފެންވަރުގެ ސާވަރ އެއް 25000.00 ރުފިޔާއަށް ވުރެ ބޮޑު ނުވާގޮތަށް 3 ފަރާތެއްގެ ކޯޓޭޝަން ހޯދައިގެން ރަގަޅު ފެންވަރުގެ ސާވަރ އެއް ގަތުމުގެ ކަންތައްތައް ކުރިޔަށް ގެންދިއުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައި ގެންނެވި ކައުންސިލްގެ އިއްތިފާގުން ނިންމެވި.

އަރިއަތޮޅު އުކުޅަހުގައި ބޭއްވި ކުނިނައްތާލުމާއިބެހޭ މަސައްކަތު ބައްދަލުވުމުގެ މައުލޫމާތު ކައުންސިލަށް ދިނުން

 މިކަން ނިންމެވީ:           ދަތުރު ގެ މައުލޫމާތު ވަރަށް ތަފްޞީލުކޮށް ރިޔާސަތުން މެމްބަރުންނަށް ދެންނެވިއެވެ.

 

ސާފްރާއްޖެ މަޝްރޫޢުގައި މިއަތޮޅުން ބައިވެރިވުމާއިބެހޭ ކަންކަމުގެ މައުލޫމާތު ކައުންސިލަށް ދިނުން

 މިކަން ނިންމެވީ:          މިކަމާއިބެހޭ މައުލޫމާތު ތަފްޞީލްކޮށް ރިޔާސަތުން މެމްބަރުންނަށް ދެންނެވިއެވެ.

2016 ވަނަ އަހަރުގެ ބަޖެޓާއި ބެހޭ މައުލޫމާތު ކައުންސިލަށް ދިނުން

 މިކަން ނިންމެވީ:          ބަޖެޓް ސެކްޝަނުން އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ޙަސަން ދީދީ މިއަދު ސަލާމުގައި ހުންނެވުމާއި ގުޅިގެން މިއައިޓަމް ދެން އަންނަ ޖަލްސާއަކަށް ހުށަހަޅާ މަޝްވަރާކުރުމަށް ފެންނަ ކަމަށް ބައްދަލުވުމުގެ އިއްތިފާގުން ނިންމެވިއެވެ.

2015 ވަނަ އަހަރު ކައުންސިލުން ހިގާފައިވާ ފައިސާއާއި ބެހޭ ކަންކަމުގެ މައުލޫމާތު ކައުންސިލަށް ދިނުން

 މިކަން ނިންމެވީ:          ކައުންސިލުން މިއަހަރުގެ މިހާތަނަށް ކުރެވިފައިވާ ޚަރަދުތަކާއި ލިބިފައިވާ އާމްދަނީ އެހާ ތަފްޞީލްކޮށް ދެވިފައި ނުވާތީ ދެން ބޭއްވޭ ޖަލްސާއަކަށް ތަފްޞީލާއިއެކު ހުށަހެޅުމަށް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

ގެމަނަފުށީގައި އިމާރާތްކުރަމުންދާ 18 ނަންބަރ ގޭގެ މަސައްކަތް ކުރިޔަށް ގެންދިއުމާއި ބެހޭގޮތުން މަޝްވަރާކުރުން

 މިކަން ނިންމެވީ:           ދިޔަދޫ މީހުން ގެނަމަފުށްޓަށް ބަދަލުކުރުމުގައި އިމާރާތްކުރި ގެތަކުގެ ތެރެއިން ނުނިމިހުރި 5 ގޭގެ ތެރޭގައި އަތޮޅުކައުންސިލުން ނިންމަން ހަވާލުވި 18 ނަންބަރު ގޭގެ މަސައްކަތް ނިންމުމަށް ގެމަނަފުށީ ގުލިސްތާނުގެ އަބްދުއްލަޠީފް މެދުވެރިކޮށް އޭނާއަތުން ހޯދާފައިވާ ކޯޓޭޝަންގައިވާ 61662.00 ރުފިޔާ ހައުސިން މިނިސްޓްރީން އަތޮޅުކައުންސިލަށް ޖަމާކޮށް ދެއްވާފައިވިޔަސް އަބްދުއްލަޠީފާއި މިމަސައްކަތް ހަވާލުކޮށްގެން ކުރިޔަށް ގެންދިއުމުގައި ހައުސިން މިނިސްޓްރީން ލިއުމުން ލަފާދެއްވާފައިނުވާތީ 18 ނަންބަރ ގޭގެ މަސައްކަތް އެންމެފުރަތަމަވެސް ކުރައްވާފައިވާނީ އަބްދުއްލަޠީފް ކަމަށްވާތީ އޭނާ އަތުން ހޯދިފައިވާ ކޯޓޭޝަންގައިވާ އަގަށް އެމަސައްކަތް އޭނާއާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިއުމުގައި ހައުސިންގ މިނިސްޓްރީގެ ލަފާ ހޯދުމަށް ސިޓީއަކުން މިނިސްޓްރީއަށް ހުށަހެޅުމަށާއި މާލިއްޔަތު ގަވައިދު ތަންދޭގޮތުން މިނިސްޓްރީގެ ލަފައެއް ނެތި މަސައްކަތް ކުރާނެ ފަރާތެއް ހޯދަން އިއުލާން ނުކޮށް ވަކި ފަރުދަކާއި ހަވާލު ކުރެވެން ނެތްކަމަށާއި އަދި އަބްދުއްލަޠީފާއި މަސައްކަތް ހަވާލުކުރުމަށް ހައުސިންގ މިނިސްޓްރީން ލިއުމަކުން ލަފާ ދެއްވައިފި ނަމަ މަސައްކަތް ހަވާލުކުރުމާއިމެދު ކައުންސިލްގެ ޖަލްސާއެއްގައި މަޝްވަރާކޮށް ގޮތެއް ނިންމުން ފެންނަކަމަށް ބައްދަލުވުމުގެ އިއްތިފާގުން ނިންމަވާފައި ވެއެވެ.

މާލިއްޔަތު ގަވައިދާއި އެއްގޮތަށް 25000.00 ރުފިޔާއިން ދަށުގެ މަސައްކަތްތައް ކުރުވުމުގައި ހުރިހާ ފަރާތްތަކަށް ހަމަހަމަ އުޞޫލަކުން ކުރިޔަށް ގެންދިއުމަށްޓަކައި ވިލިނގިލީގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ދަފްތަރެއް އެކުލަވާލުން  

މިކަން ނިންމެވީ:           މިކަމަކީ މުހިއްމުކަމެއްކަން ފާހަގަކުރައްވާ ، 25000.00 ރުފިޔާއިން ދަށުގެ މަސައްކަތްތައް ކުރުވުމުގައި ހަމަހަމަ އުޞޫލަކުން ކުރިޔަށް ގެންދިއުން ފެންނަ ކަމަށާއި މަސައްކަތްތެރިންގެ ދަފްތަރެއް ( ކުންފުނިތަކާއި ، ލޯކަލް އިންވެސްޓްމެންޓްތަކާއި ، އަދި ވަކިވަކި ފަރުދުން ހިމެނޭގޮތަށް ) މަސައްކަތް ތެރިންގެ ދަފްތަރެއް އެކުލަވާލާ އަދި މިކަމުގައި އަމަލުކުރާނެ އުޞޫލެއް ކަނޑައެޅުން ފެންނަކަމަށާއި މިގޮތުން ދަފްތަރު އެކުލަވާލާ އުޞޫލު ކަނޑައެޅުމަށް އަތޮޅު ކައުންސިލަރ ސައުދުﷲ ރަޝީދާއި ، އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ހަސަން އާއި ދެބޭފުޅުން އައްޔަން ކުރުމަށާއި އަދި ކަނޑައެޅޭ އުޞޫލާއި ދަފްތަރު އެކުލަވާލާ ނިންމުމަށްފަހު ކައުންސިލުން ފާސްކުރުމަށްޓަކައި ދެން ބޭއްވޭ ކައުންސިލް ޖަލްސާއަށް ހުށަހަޅާގޮތަށް ހަމަޖެއްސުން ފެންނަކަމަށް މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވެއެވެ.

އަތޮޅުވޮލީ މުބާރާތް ބާއްވާނެ ރަށަކާއި ތާރީޚް ކަނޑައެޅުން

މިކަން ނިންމެވީ:            އަތޮޅު ވޮލީ ބޯޅަ މުބާރާތް ބޭއްވުމާއިމެދު މީގެ ކުރީ ޖަލްސާތަކުގައި ނިންމަވާފައިވާ ހުރިހާ ނިންމުންތައް ބާޠިލް ކުރުމަށާއި އަދި މިކަމާއި ބެހޭގޮތުން މަޝްވަރާކުރި ފުރަތަމަ ޖަލްސާގައި މަޝްވަރާކުރެވިފައިވާ ގޮތަށް ވޮލީ މުބާރާތް ބާއްވަން ޕްރޮޕޯސަލް ހުށަހަޅާފައިވާ ދެރަށުން ހުށަހެޅި ޕްރޮޕޯސަލްތައް ކައުންސިލަރަކު ނުހިމެނޭގޮތަށް އަތޮޅުކައުންސިލްގައި މަސައްކަތް ކުރައްވާ 3 ބޭފުޅުން ހިމެނޭ ކޮމިޓީއަކުން އިވެލުއޭޓްކޮށް ނިންމާ ރިޕޯޓާއިއެކު ދެން އަންނަ ކައުންސިލް ބައްދަލުވުމަކަށް ހުށަހަޅާގޮތަށް ހަމަޖެއްސުމަށާއި އަދި މިކޮމިޓީއަށް އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުހައްމަދު ހަސަނާއި އެސިސްޓެންޓް ލީގަލް އޮފިސަރ އަލްފާޟިލް އަބްދުލް ޙަމީދު ނާޞިރާއި ، އެސިސްޓެންޓް ރިސާޗް އޮފިސަރ އަލްފާޟިލް އަލީ އިބްރާހީމް އައްޔަން ކުރުމަށް ފެންނަކަމަށް މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވެއެވެ. އަދި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގައި ތިރީގައި މިދަންނަވާގޮތަށް މާރކްސްދިނުން ފެންނަކަމަށްވެސް ކައުންސިލްގެ އިއްތިފާގުން ނިންމަވާފައިވެއެވެ.