ގއ.އަތޮޅުގެ 2014ވަނަ އަހަރުގެ ޘާނަވީ ތަޢުލީމުގެ އިނާމްދީފި
ގއ.އަތޮޅު ސްކޫލް މަދަރުސާތަކުން ޘާނަވީ ތަޢުލީމްޙާޞިލްކޮށް ރާއްޖޭގެ ޤައުމީ ގަދަ ދިހަވަނަ އާއި ގއ. އަތޮޅުފެންވަރުގައި 2014 ވަނަ އަހަރު ގައި އެންމެ މަތީ 3 ވަނަ ހާޞިލުކުރި ދަރިވަރުންނަށް އިނާމްދީފިއެވެ.
13 ނޮވެމްބަރ 2015 ވަނަ ދުވަހުގެ ރޭ ގއ. އަތޮޅުތަޢުލީމީމަރުކަޒްގައި އޮތް މި ހަފްލާގައި 2014 ވަނަ އަހަރުގެ ގއ.އަތޮޅުން އެންމެ މޮޅު 3 ވަނަ ޙާޞިލްކުރީ 6 ދަރިވަރެކެވެ. ފައިސާގެ އިނާމާއި ހަނދާނީ “ޝީލްޑް” ހުށަހަޅުއްވާފައިވާ މި ވަނަތައް ޙާޞިލުކުރި ކުދިންނަކީ:-
ގއ. އަތޮޅުން 1 ވަނަ ގއ. އަތޮޅުމަދަރުސާގެ ދަރިވަރު ކޮލަމާފުށީ ރަންގިރިޓީގޭ ފާޠިމަތު ރިފްޤާހާޟިމް އެވެ.
ގއ.އަތޮޅުން 2 ވަނަ 2 ދަރިވަރަކު ހާޞިލުކޮށްފައިވެ އެވެ. އެއީ ގއ. ގެމަނަފުށީ ސްކޫލުގެ ދަރިވަރު ގެމަނަފުށީ ރުއްކުރި މުޙަންމަދު އަރުޝަމް ޙުސައިން އާއި ގއ. އަތޮޅުތަޢުލީމީ މަރުކަޒްގެ ދަރިވަރު އާޢިޝަތު ރިފާ ރަޝީދު އެވެ.
އަތޮޅުގެ 3 ވަނަ އިނާމް 3 ދަރިވަރަކު ހާޞިލުކުރިއެވެ. އެއީ އަތޮޅުމަދަރުސާގެ ދަރިވަރު ކޮލަމާފުށީ ނާރެސް އިސްމާޢީލް މާދިޙް ރަޝީދު، މާމެންދޫ ސްކޫލުގެ ދަރިވަރު މާމެންދޫ ސަމްނާވިލާ މުޙަންމަދު ޙައްމާދު ސަލީމް އަދި ގއ.ދާންދޫ ސްކޫލުގެ ދަރިވަރު ދާންދޫ އާމްލީގެ މުޙަންމަދު ޖައުޝަން އަޙުމަދެވެ.
މި ހަފްލާގައި 1 ވަނަ އަށް އައި ދަރިވަރަށް -/10000 (ދިހަހާސް ރުފިޔާ ) ދެވަނައަށް އައި ދަރިވަރުންނަށް -/8000(އަށްހާސް)ރުފިޔާ އަދި 3 ވަނައަށް އައި ދަރިވަރުންނަށް -/6000 (ހާހާސް) ރުފިޔާގެ އިނާމް އަތޮޅުކައުންސިލުން ހުށަހަޅާފައިވެ އެވެ.