Dec 09th

ހުވަދުއަތޮޅުއުތުރުބުރީ ދެވަނަ އަތޮޅު ކައުންސިލްގެ 79 ވަނަ ބައްދަލުވުން

ހުވަދުއަތޮޅު އަތޮޅުބުރީ އަތޮޅުކައުންސިލްގެ  79 ވަނަ ބައްދަލުވުން 06 އޮކްޓޯބަރ  2015 ގައި އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވިފައިވެ އެވެ. މި ބައްދަލުވުމުން ނިންމުނު ކަންތައްތަކަކީ:

ގއ. ގެމަނަފުށީ ޓޫމައިފްރެންޑްސް އަދުނާނު ޙަސަންގެ މައްސަލާގައި ހައިކޯޓްގައި ވަކާލާތު  ކުރުމަށް  މިއިދާރާއިން  ހަމަޖައްސަވާފައިވާ  މ. ނިއުލައިފް މުޙައްމަދު ޝިފާޒް ޢަބުދުލްޤާދިރަށް ދޭންޖެހޭ ފައިސާ ދިނުމަށް

މިކަން ނިންމެވީ:          ޙަވާލުކޮށްފައިވާ މަސައްކަތް އަދި ވަކިގޮތަކަށް ނިމިފައިނުވާތީ އެމައްސަލާގައި މިހާތަނަށް ވަކާލާތު ކޮށްފައިވާ މަސައްކަތުގެ ޑޮކިއުމެންޓްތައް ހުށަހެޅުމަށާއި އަދި މިއިދާރާއާއި އެފަރާތާއި ދެމެދު ވެފައިވާ މަސައްކަތުގެ އެއްބަސްވުމުގައިވާ -/20000 (ވިހިހާސް ރުފިޔާ) އިން ކޮންމެވެސް މިންވަރެއް އަގުގެ ތެރެއިން އުނިކޮށް ދެއްވުމަށް އެދި މުޙައްމަދު ޝިފާޒް ޢަބުދުލްޤާދިރަށް އެންގުމަށް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި. އަދި އެކަން ވަކިގޮތަކަށް ނިމުމުން ފައިސާދިނުމަށް ނިންމެވި.

އަތޮޅުކައުންސިލުން ފަރެސްމާތޮޑާއަށް ކުރާ ދަތުރުގެ ބަޖެޓް ފާސްކުރުން

 މިކަން ނިންމެވީ:        އަތޮޅު ކައުންސިލުން ފަރެސްމާތޮޑާއަށް  ކުރުމަށް ހަމަޖެހިފައިވާ  ދަތުރުގެ  ޚަރަދަށްވާ -/24470           ( ސައުވީސްހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ)  ގެ ބަޖެޓް ފާސްކުރުމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

އަތޮޅުގެއާއި އަތޮޅު ކައުންސިލް އިދާރާގައި ކުއްޔަށް ދޫކުރާ ތަކެތި ދޫކުރުމުގައި ގެންގުޅޭ އުޞޫލާއި ތަކެތި ދޫކުރެވޭ އަގުތައް ފާސްކުރުމަށް.

 މިކަން ނިންމެވީ:           އަތޮޅުގެއާއި އަތޮޅުކައުންސިލް އިދާރާގައި ކުއްޔަށް ދޫކުރެވޭތަކެތި ކުއްޔަށް ދޫކުރުމުގައި ގެންގުޅޭ އުޞޫލާއި ތަކެތި ދޫކުރެވޭ އަގުތައް ކައުންސިލްގެ މަޝްވާރާގެ މަތިން ނިންމައި ފާސްކުރެވުނު. އަދި އިދާރާގެ ތެރެއިން މިމަސައްކަތް ޙަވާލުކުރެވިފައިވާ މުވައްޒަފަށް މިކަން އަންގައި މިގޮތުމަތިން މީގެ ފަހުން އަމަލު ކުރުމަށް އެންގުމަށް.

2015 ވަނަ އަހަރުގެ ޕްރޮގްރާމް ބަޖެޓް ރިވައިޒްކޮށް ފާސްކުރުމަށް.

މިކަން ނިންމެވީ:            2015 ވަނަ އަހަރު އަތޮޅު ކައުންސިލްގެ އާމްދަނީ ބަޖެޓުން ޤާނޫނުގައިވާ  ގޮތުގެ  މަތިން %5 އަށްވާ -/42224 ރިޒާވުގެ ގެ ގޮތުގައި ބެހެޓުމަށްފަހު، 2015 ވަނަ އަހަރުގެ ޕްރޮގްރާމް ބަޖެޓްގައި ހިމަނާފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން މިއަހަރު ހިންގާފައިނުވާ އައިޓަމްތަކުގެ ފައިސާ އަތޮޅުގެ ގިރިފަރުތަކުގައި ބައްތި ޖެހުމަށާއި، އަތޮޅުގެ ޞިއްޙީމަރުކަޒުތަކަށް ތަކެތި ހަދިޔާ ކުރުމަށާއި، އޯލެވެލް އިމުތިހާނުގައި ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުންނަން ދެވޭ އިނާމާއި، އަދި އަތޮޅުގެއާއި އަތޮޅު ކައުންސިލް އިދާރާގައި ކުރަންޖެހޭ މަރާމާތާއި، އަތޮޅުގޭގެ ސެކިއުރިޓީ ބަލަހައްޓާ  މިދެންނެވި ކޯޑްތަކަށް ބަދަލުކޮށް ބަޖެޓް ރިވައިޒް ކުރުމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި. އަދި މިހާރު ރިވައިޒްކޮށް ފާސްކުރެވުނު ޕްރޮގްރާމް ބަޖެޓްގެ ޖުމުލަ އަދަދަކީ  08/1044252 ( އެއްމިލިއަން ސާޅީސް ހަތަރުހާސް ދުއިސައްތަ ފަންސާސް ދެރުފިޔާ / އަށްލާރި ) ކަމަށް.