Dec 13th
ރާއްޖޭގެ 72 ވަނަ ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
ދިވެހިރާއްޖޭގެ 72 ވަނަ ޤައުމީދުވަސް (01 ރަބީއުލްއައްވަލް 1437 ) ފާހަގަކުރެއްވުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހެނދުނު 6:00 ގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަތޮޅުގެ ހުރިހާ ރަށެއްގައި ބާއްވައިފި އެވެ. މިގޮތުން ވިލިނގިލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތު ބޭއްވިފައިވަނީ އަތޮޅުކައުންސިލްގެ އިދާރާގައެވެ.
މި ރަސްމިއްޔާތުގައި ދިދަ ނަންގަވައި ދެއްވީ ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ ޒިންމާދާރު ވެރިޔާ އަލްފާޟިލް މުހަންމަދު ނަޞީރު ޢަލީ އެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އެކި ދާއިރާތަކުގެ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވި އެވެ.