May 01st

ރައީސުލް ޖުމްހޫރިއްޔާ އޮނަރަބްލް އަލްފާޟިލް ޢަބުﷲ ޔާމީން މިއަތޮޅަށް ވަޑައިގެންފި

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އޮނަރަބްލް އަލްފާޟިލް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް އޭޕްރީލް 17 ން 18 އަށް މިއަތޮޅު ދެއްވަދޫ، ކަނޑުހުޅުދޫ އަދި ގެމަނަފުއްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މި އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ،  17އޭޕްރީލްގައި މިއަތޮޅު ކަނޑުހުޅުދުއަށް ވަޑައިގެންނެވި އެވެ. ކަނޑުހުޅުދުއަށް ވަޑައިގެން ކަނޑުހުޅުދޫގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް ހުޅުއްވައިދެއްވި އެވެ. އެއަށް ފަހު ވަޑައިގެންނެވީ މިއަތޮޅު ގެމަނަފުއްޓަށެވެ. ގެމަނަފުއްޓަށް ވަޑައިގެން ގެމަނަފުށީ ބަނަދަރު ހުޅުއްވައި ދެއްވި އެވެ. ބަނަދަރު ހުޅުވުގެ ރަސްމިއްޔާތުގައި މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ގެމަނަފުށީގައި ފާހަގަކުރައްވާގޮތަށް ހަމަޖެހިފައިވާކަމަށް، އިޢުލާންކޮށް ދެއްވެވި އެވެ.

އެއަށްފަހު 18 އޭޕްރީލް 2016 ގައި މިއަތޮޅު ދެއްވަދޫއަށް ވަޑައިގެންނެވި އެވެ. ދެއްވަދޫއަށް ވަޑައިގެން ދެއްވަދޫ ބަނދަރު ރަސްމީކޮށް ހުޅުއްވައި ދެއްވި އެވެ.

ރައީސްގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވީ 18 އޭޕްރީލް 2016 ވަނަ ދުވަހުގެ 12:15 ގައެވެ.