May 01st

މަދިރި ނައްތާލުމުގެ ބައިނަލް އަޤްވާމީ ދުވަސް ގއ.އަތޮޅުހޮސްޕިޓަލާއި ގުޅިގެން ވިލިނގިލީގައި ފާހަގަކޮށްފި

މަދިރި ނައްތާލުމުގެ ބައިނަލް އަޤްވާމީ ދުވަސް ވިލިނގިލީގައި ފާހަގަކުރުމުގެ ގޮތުން އަތޮޅުހޮސްޕިޓަލުން އިންތިޒާމްކޮށްގެން ޕްރޮރާމެއް ހިންގައިފިއެވެ.

މި ގޮތުން އަތޮޅުހޮސްޕިޓަލާއި، ވިލިނގިލީގެ ހުރިހާ ސެކްޓަރ ތަކުގެ މުވައްޒަފުން ހިމެނޭގޮތަށް ރަށުތެރޭގެ އެކި ސަރަޙައްދުތައް ބަލައި، ހުރިހާ ގޭގެއަށް ޒިޔާރަތްކޮށް ގޭގޭގެ ގޯތިތެރޭގައި ފެންހަރުލާ ގޮތަށް ހުރި ތަންތަން ބަލައި،  މީގެ އިތުރުން ގޭގޭގެ ފުރާޅުތަކާއި ފެންތާނގީތައް ބަލައި ޗެކްކޮށް މަޢުލޫމާތު ނެގިފައިވެ އެވެ. މި މަޢުލޫމާތު ނެގިފައިވަނީ 4 އަވަށަށް ރަށް ބައިކޮށް ގްރޫޕްތައް ބަހައިގެންނެވެ.