May 02nd

ސިވިލްސާރވިސް ދުވަހާއި ގުޅިގެން އަތޮޅުކައުންސިލްގެ ގިނަ ދުވަސްވީ މުވައްޒަފުންނަށް ހަނދާނީ ލިޔުން ދިނުމުގެ ރަސްމިއްޔާތެއް ބާއްވައިފި

ސިވިލްސަރވިސް ދުވަސްފާހަގަކުރުމުގެ ގޮތުން އަތޮޅުކައުންސިލްގެ މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކުރުމަށްޓަކައި 01 މެއި 2016 ވަނަ ދުވަހުގެ ރޭ 08:30 ގައި ވަރަށް ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ބޭއްވިފައިވަނީ މުވައްޒަފުންނަށް ޚާއްޞަކުރެވިފައިވާ ޑިނަރ ނައިޓަކާ އެކު ދަ ރެސިޑެންސް މޯލްޑިވްސްގައެވެ.

 

މި ރަސްމިއްޔާތުގައި އަތޮޅުކައުންސިލް ގެ 6 ކައުންސިލަރުންނާއި، ކައުންސިލް އިދާރާގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ 17 ވަރަކަށް މުވައްޒަފުންނަށް ހަނދާނީ ލިޔުން ދެއްވާފައިވެ އެވެ.

 

އަދި މީގެ އިތުރުން މި ރަސްމިއްޔާތުގައި މިއިދާރާގެ ޑްރައިވަރެއްގެ ގޮތުގައި ގިނަދުވަހު ވަރަށް އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރެއްވި އަލްފާޟިލް މުޙަންމަދު ޖުނައިދު ކުއްލި ގޮތަކަށް ބަލިވެ ހާލުދެރަވެފައިވާތީ، ކައުންސިލަރުންނާއި، މުވައްޒަފުންގެ ފަރާތުން މުޙަންމަދު ޖުނައިދަށް ދޭ ( 10000 ރުފިޔާ )ގެ ފައިސާގެ އެހީ ހަވާލުކުރެއްވުން ވެސް އޮތެވެ.