May 02nd

ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިފްތިތާޙު ކޮށްފި

ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ. މި ރަސްމިއްޔާތު ބޭއްވިފައިވަނީ  މިއަދު ހެނދުނު 09:30 ގައި އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި ކޮމިޓީގެ 07 މެމްބަރުން އިޤްރާރުގައި ރަސްމީ ކޮށް ސޮއިކޮށްފައިވެ އެވެ.

 

މި ޖަލްސާ ޝަރަފްވެރިކޮށް ދެއްވީ ވިލިނގިލީ ކައުންސިލްގެ ނާއިބް ރައީސް އަލްފިޟިލް ޙުސައިން އާދަމެވެ. މި ޖަލްސާގައި އަތޮޅުކައުންސިލްގެ ރައީސް ޙުސައިން އާދަމް އާއި އަތޮޅުކައުންސިލަރުން އަދި އިދާރާތަކުގެ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވި އެވެ.