May 04th

ގއ.އަތޮޅުކައުންސިލްގެ ވޮލީ މުބާރާތް ފެށިއްޖެ

ގއ.އަތޮޅުކައުންސިލުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވާ އަތޮޅުކައުންސިލްގެ ވޮލީ މުބާރާތް 3 މެއި 2016 ގައި މި ފެށިއްޖެއެވެ.މި މުބާރާތް ބޭއްވިފައިވަނީ މިއަތޮޅު ދާންދޫގައެވެ.

 

ދާންދޫގައި  ފެށުނު މި މުބާރާތުގައި ބައިވެރިވެފައިވަނީ ކޮލަމާފުށި، ނިލަންދޫ، ދާންދޫ، ކޮނޑޭ ، ގެމަނަފުށި، ކަނޑުހުޅުދޫ އެވެ.

 ދާންދޫގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މުބާރާތުގެ ފިރިހެން ޒިވިޜަންގެ މެޗްތަކެވެ. އަންހެން ޑިވިޜަންގެ މެޗްތައް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ މިއަތޮޅު ނިލަންދޫގައެވެ. މި އަދުގެ މެޗްގައި ބައްދަލުކުރީ ނިލަންދޫ ވޮލީޓީމާއި ކަނޑުހުޅުދޫ ވޮލީ ޓީމެވެ.

 

ދާންދޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް ޙުސައިން އާދަމް ގެ އިތުރުން ނާއިބްރައީސާއި ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި މީގެ އިތުން އަތޮޅުތެރެއިން ބައިވެރިވި ޓީމުތަކާއި ރަށްރަށުގެ ކައުންސިލަރުންނާއި، ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވި އެވެ.